ފުޑް ސެކިއުރިޓީ(ކާނާގެ ޔަޤީންކަން އިތުރު ކުރުމަށް) ކ. ކާށިދޫގެ ބިމުން 1 ހެކްތަރުގެ ބިން ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ކާށިދޫގައި ބޭއްވި ރަސްމިއްޔާތުގައި ބިން ހަވާލު ކުރުމުގެ އެއްބަސްވުމުގައި ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ އަދި ކާށިދޫ ކައުންސިލްގެ ފަރާތުން އެއްބަސް ވުމުގައި ސޮއި ކުރެއްވީ ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރުއެވެ.
ފުޑް ސެކިއުރިޓީގެ މައިގަނޑު މަޤްސަދަކީ
ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމަށް ސަރުކާރުން އިސްކަން ދެއްވައިގެން ފަށާފައިވާ، ފުޑް ސެކިއުރިޓީ މަޝްރޫޢުގެދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރަށްރަށުން ދޫކުރާ ބިންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑު މަންފާއެއް ކުރާނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ކާށިދޫގައި ފެށޭ މި މަޝްރޫޢުގެ ސަބަބުން ކާށިދޫގެ އިޤްތިޞާދަށްވެސް މަންފާކުރާނެކަންވެސް ރައީސްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.
ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުޑް ސެކިއުރިޓީއަށް ބޮޑު ގައުމީ މަޝްރޫއެއް ވަނީ ފަށާފައި އެވެ.
ކާނާގެ ޔަޤީންކަން އިތުރު ކުރުމަށް ހިންގާ ގައުމީ މަޝްރޫއުއަށް ކާށިދޫއިން 1 ހެކްޓަރުގެ ބިން ސަރުކާރާއި ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ