ތައިލެންޑުގައި އުފައްދާ 3 ބޭހަކުން ނުރައްކާތެރި ކެމިކަލެއް ފެނި، އެކަމާ ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ތައިލޭންޑްގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީ (ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން)އިން ކުރި ތަހުލީލުތަކުން 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް ކަމަށްވާ އެންޑީއެމްއޭ ހުންނަންޖެހޭ މިންގަނޑަށްވުރެ އިތުރަށް ހުރިކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މި ބޭސްތަކުން ނުރައްކާތެރި ކެމިކަލް ފެނުނުކަން ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކްއިން އެމްއެފްޑީއޭއަށް އެންގުމާއި ގުޅިގެން ބެލިބެލުމުން ބޭސް އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން މި ބްރޭންޑުގެ ބޭސް ރާއްޖެއަށް އިމްޕޯޓްކޮށްފައި ނުވާކަން ފާހަގަވެފައިވާ ކަމަށް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.
އެހެންނަމަވެސް ތައިލޭންޑަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސް ފަރުވާއަށްދާ ގައުމަކަށްވުމާއެކު ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ބޭސް އެތެރެކުރާތީ މި ކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.
މީގެއިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއްދީގެން ޕޯޓުތަކުގައި ބަލައިފާސްކުރަމުން ގެންދާނެ ކަމަށް ވެސް އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ.
ތައިލެންޑުގައި އުފައްދާ 3 ބޭހެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ