ޕޮލިސް ކޮމިޝަނަރު ހިމެނޭ ގޮތަށް ސީނިއާ އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން މަޖިލީހުން އެދެނީ ޕޮލިސް ކޮމިޝަނަރު ހިމެނޭ ގޮތަށް ސީނިއާ އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން މަޖިލީހުން އެދެނީ

ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދު އަދި ސުޕްރިޑެންޓް އޮފް ޕޮލިސް، އިސްމާއިލް ޝަމީމް އާދަމް ހިމެނޭހެން ފުލުހުންގެ ސީނިއާ ގިނަ އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަފާދޭން ފެންނަ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީން އެގޮތަށް ފާސްކުރީ ސިއްރު ކޮށްގެން ގެންދިޔަ މިއަދުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ސިއްރުން ކުރިއަށް ގެންދިޔުމުން މާބޮޑު ތަފުސީލެއް ނޭނގެ އެވެ.
އެހެންނަމަވެސް، އަދަދު އަށް އެނގިފައިވާ ގޮތުގައި މާލިއްޔަތު ކޮމިޓީން ބަލަމުން އައި ޕޮލްކޯގެ މައްސަލައިގައި ތައްޔާރުކުރި ރިޕޯޓު، ރިކޮމެންޑޭޝަންތަކަކާއެކު މިއަދުގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.
އެ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި، އެ ކޮމިޓީން ޕޮލްކޯގެ މައްސަލަ ބެލިއިރު، ލިބުނު ބައެއް މައުލޫމާތުތަކާ ގުޅިގެން، ޕޮލްކޯގެ މައްސަލައާ ނުގުޅޭ ބައެއް އެހެން މައްސަލަތައް ބަލަން އެންގުމާއި ޕޮލިސް ކޮމިޝަނަރު ކަމުގައި ހުންނެވި ނަވީން ހިމެނޭހެން ފުލުހުންގެ އެގްޒެކެޓިވް ލެވެލްގެ އޮފިސަރުންތަކެއް ސަސްޕެންޑު ކުރަން ލަފާދިނުން ވެސް ހިމެނޭކަމަށް އެނގިފައިވެ އެވެ.
އެނގިފައިވާ ގޮތުގައި ފިޔަވަޅު އަޅަން ލަފާދޭން ކޮމިޓީން ފާސްކުރީ:
އޭގެތެރެއިން ދާއޫދު އާއި ޝަމީމްގެ މައްސަލަ ކޮމިޓީން ބެލީ ވިސްލްބްލޯވަރަކު ފޮނުވި ސިއްރު ސިޓީއަކާ ގުޅިގެން ކަމަށް ބުނެ އެވެ. ޝަމީމްއަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސްގެ ހެޑް އެވެ.
އޭގެއިތުރުން ފުލުހުންގެ ކޮއްތު ފައިސާގެ ބަޖެޓު ވެސް ފުލުހުންނަށް ދިނުން ހުއްޓާލުމަށްފަހު، އެ ފައިސާ ވަކިވަކި ފުލުހުންނަށް ދިނުމަށް ވެސް މިއަދު ފާސްކުރި ރިޕޯޓުގައި ހިމަނާފައިވާ ކަމަށް އެނގިފައިވެ އެވެ.
މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރާނެ ކަމަށް ބެލެވެ އެވެ.
ފުލުހުންނަށް ބޯހިޔާވަހިކަން ދޭން ވެގެން 2013 ވަނަ އަހަރު ހަވާލި މަޝްރޫއުގެ ދަށުން މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހަރަދުވެ، ޕޮލްކޯގެ ނާގާބިލްކަމާއި ކޮރަޕްޝަނުގެ ސަބަބުން 354 މިލިއަން ރުފިޔާ ދައުލަތަށް ގެއްލިފައިވާ ކަމަށް މި މަޝްރޫއުގެ އޮޑިޓު ރިޕޯޓުގައި ފާހަގަކުރި އެވެ.
އެ މައްސަލަ ބަލަމުން ދަނިކޮށް، ލިބުނު ބައެއް މައުލޫމާތުތަކަށް ބިނާކޮށް، ކޮމިޓީން ވަނީ އިތުރު ބައެއް އެހެން މައްސަލަތައް ވެސް ބަލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ