ޖިންސީ ކުށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓީންއާ ގުޅޭ ހުރިހާ ފައިލްތަކެއް ދޫކުރުމުގެ އަމުރުގެ ބިލްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ސޮއި ކުރައްވައިފި އެވެ.
އެ ބިލްގައި ބުނެފައި ވަނީ ޖަސްޓިސް ޑިޕާޓްމެންޓުން އެޕްސްޓީންގެ ތަހުގީގުގެ ހުރިހާ މައުލޫމާތެއް 30 ދުވަހުގެ ތެރޭގައި "ސާޗު ކުރެވޭ އަދި ޑައުންލޯޑް ކުރެވޭ ފޯމެޓެއްގައި" ހާމަކުރަން ޖެހޭނެ ކަމަށެވެ.
ޓްރަމްޕް ފުރަތަމަ ވަނީ އެ ފައިލްތައް ދޫކުރުމަށް ދެކޮޅު ހައްދަވައިފަ އެވެ. ނަމަވެސް މިދިޔަ ހަފުތާގައި، އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންނާއި އޭނާގެ އަމިއްލަ ރިޕަބްލިކަން ޕާޓީގެ މެމްބަރުންގެ ފާޑުކިޔުންތަކާ ގުޅިގެން އޭނާ ވަނީ އެ މަގު ބަދަލުކުރައްވައިފަ އެވެ.
ޓްރަމްޕްގެ ތާއީދާ އެކު އެ ބިލް ކޮންގްރެސްގެ ދެ ޗެމްބަރުން ފާސްވި އެވެ.
ޓްރޫތު ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޑިމޮކްރަޓުން އެ މައްސަލަ ޕްރޮމޯޓް ކުރަނީ އޭނާގެ ސަރުކާރުގެ ކާމިޔާބީތަކުގެ ސަމާލުކަން އެހެން ދިމާލަކަށް ފޮރުޅާލުމަށް ކަމަށެވެ.
"ފަހަރެއްގައި މި ޑިމޮކްރެޓުންނާއި ޖެފްރީ އެޕްސްޓީންއާ އޮތް ގުޅުމުގެ ހަގީގަތް ވަރަށް އަވަހަށް ހާމަވެގެން ދާނެ. އެޕްސްޓީންގެ ފައިލްތައް ދޫކޮށްލަން އަޅުގަނޑު ސޮއިކޮށްފިން،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
އެ ފައިލްތައް ޓްރަމްޕް އާންމު ކުރެއްްވުމަކަށް ކޮންގްރެސްގެ ވޯޓެއް ބޭނުމެއް ނުވެ އެވެ. ނަމަވެސް ހައުސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ވަނީ 427-1 ވޯޓުން އެ ބިލް ފާސްކޮށްފަ އެވެ.
ސެނެޓުގެ އިއްތިފާގުން ވަނީ އެ ބިލް ފާސްކުރަން ވޯޓުދީފަ އެވެ.
އެޕްސްޓީންގެ ފައިލްތައް ދޫކުރަން ޖަސްޓިސް ޑިޕާޓްމެންޓަށް ޓްރަމްޕް އަމުރު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ