ރާއްޖެ ކައިރިިން ދެ ކޮޅިގަނޑު، ފަސް ދުވަހަށް މޫސުން ގޯސްވާނެ

މިދުވަސްވަރު ގަދަވަޔާއެކު ވިއްސާރަކޮށް، ގުގުރުމާއެކު ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ލަފާކުރޭ
ރާއްޖެ ސަރަހައްދުން ދެކޮޅިގަނޑެއް އުފެދި، ކުރިއަށް އޮތް ފަސްދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. 
އެއިދާރާއިން ބުނެފައިވަނީ މިއަދުގެ ވަގުތެއްގައި ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި ކުރިއަށްއޮތް ދެދުވަސްތެރޭގައި މިކޮޅިގަނޑު އިންޑިއާގެ ޓަމިލްނާޑޫގެ އައްސޭރިފަށާ ދިމާލަށް ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މީގެ އިތުރަށް މިހަފްތާ ތެރޭގައި ރާއްޖެއާ ދުރުން ދެކުނުގައި ކޮޅިގަނޑެއް އުފެދި، ހުޅަނގަށް ދަތުރުކުރާނެ ކަމަށް ބެލެވޭކަމަށެވެ.
ޑިސެމްބަރު 18 ވާ ބުދަދުވަހުން ފެށިގެން ކުރިއަށްއޮތް ފަސް ދުވަހު ރާއްޖޭގެ ސަރަހައްދަށް ވައި ބާރުވާނެކަމަށް ބެލެވޭކަމަށާއި، އާންމުގޮތެއްގައި ދެކުނާއި މެދުރާއްޖެތެރެއަށް ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވެއެވެ. 
އެހެންކަމުން އުތުރުގެ ހިސާބުތަކަށް އާދައިގެ ވަރަކަށް ކަނޑުގަދަވާނެކަމަށް ބެލެވޭއިރު، މެދުރާއްޖެތެރެއާއި ދެކުނުގެ ހިސާބުތަކަށް އިތުރަށް ކަނޑުގަދަވާނެ ކަމަށް ބެލެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
އަދި މިދުވަސްވަރު ގަދަވަޔާއެކު ވިއްސާރަކޮށް، ގުގުރުމާއެކު ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެއިދާރާއިން ލަފާކުރެއެވެ. 
ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން އެންމެ ފަހުގެ މޫސުމީ ނިމުތުތަކާއި ސަމާލުތަކަށް ސަމާލުކަންދިނުމަށް އިސްކަންދޭން އެ އިދާރާއިން އިލްތިމާސްކުރެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ