އެ ކޯޓުން ބުނީ، އަޑުއެހުންތައް ބޭއްވޭ މިންވަރު މަދުވުމުގެ ސަބަބުން، ކޯޓުން ނިންމާ މައްސަލަތުގެ އަދަދުވެސް ދަށްވެ، ގާޒީންގެ ބެކްލޮގް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ބޮޑެތި ދަތިތަކާ ހުރެ މިއަހަރު ރިސެސްއަށް ނުދިއުމަށް ގާޒީންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
އާންމު ގޮތެއްގައި އަހަރަކު މަދުވެގެން އެއް ފަހަރު ކޯޓުތައް ރިސެސްއަށްދެ އެވެ. ކްރިމިނަލް ކޯޓުން ވެސް އަހަރުގެ މެދުތެރެއިން އަދި ޑިސެމްބަރު މަހު އާންމު ގޮތެއްގައި ރިސެސްއަށްދެ އެވެ.ކޯޓުން ބުނީ ރިސެސްއަށް ނުދާން ނިންމާފައި ވަނީ ކޯޓުގެ ޖާގައިގެ ދަތިކަމުން މަސައްކަތަށް އިންތިހާޔަށް ބުރޫ އަރާފައިވާތީ ކަމަށެވެ. ކޯޓުގެ އެއްބައި ބޭނުން ނުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެންގި ނަމަވެސް، ކޯޓު ބަދަލުކުރަން ނިންމާފައިވާ އިމާރާތް ނިމޭނެ ދުވަހެއް އަދިވެސް ނޭންގޭ ކަމަށް ބުނެފައިވެ އެވެ. ކޯޓުގެ ހިންގުން ބަދަލުކުރަން ނިންމާފައި ވަނީ ހުޅުމާލެ ކޮވިޑް ފެސިލިޓީއަށެވެ."އިމާރާތުގެ ދަތިކަން މެދުވެރިވެގެން، ކޯޓުން ތާވަލުކުރާ މަސައްކަތުގެ އަދަދު 50 ޕަސެންޓަށް ދަށްވެފައިވާއިރު، އަޑުއެހުންތައް ލަސްވުމުގެ ސަބަބުން ދައުވާ ލިބޭ ފަރާތްތަކުގެ، ހާއްސަކޮށް ބަންދުގައި ތިބި ފަރާތްތަކުގެ ޝަކުވާ ގިނަ އަދަދަކަށް ކޯޓަށް ހުށަހެޅެމުން ދޭ،" ކްރިމިނަލް ކޯޓުން ބުންޏެވެ.އެ ކޯޓުން ބުނީ، އަޑުއެހުންތައް ބޭއްވޭ މިންވަރު މަދުވުމުގެ ސަބަބުން، ކޯޓުން ނިންމާ މައްސަލަތުގެ އަދަދުވެސް ދަށްވެ، ގާޒީންގެ ބެކްލޮގް ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.އެހެންވެ، މިވަގުތު ކޯޓުގެ މަސައްކަތުގެ ހާލަތު އޮތް ގޮތުން ކޯޓު ރިސެސްއަށް ދިއުމަކީ މަސްލަހަތެއް އޮތް ކަމެއް ކަމަށް ނުފެންނަ ކަމަށް ބުނެފައިވެ އެވެ،މި ސަބަބުތަކާހުރެ މިއަހަރުގެ ޖޫން/ޖުލައި ހިސާބުގައި ވެސް ކްރިމިނަލް ކޯޓުން ރިސެސްއަކަށް ނުދެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ބޮޑެތި ދަތިތައް ހުރުމުން ކްރިމިނަލް ކޯޓުން ރިސެސްއަށް ނުދާން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ