އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ހުޅުވާލައިފި

އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވައިލީ އެ ކޮމިޝަނުގެ ނައިބު ރައީސް ޑރ. އަހުމަދު އަދުހަމް އަބްދުالله އިސްތިއުފާ ދެއްވުމުންނެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ހުސްވެފައިވާ މެމްބަރުކަމުގެ ގޮނޑިއަށް ކުރިމަތިލާން ރައީސް އޮފީހުން އަކެއްކާ ހުޅުވާލައިފި އެވެ.
އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވައިލީ އެ ކޮމިޝަނުގެ ނައިބު ރައީސް ޑރ. އަހުމަދު އަދުހަމް އަބްދުالله އިސްތިއުފާ ދެއްވުމުންނެވެ. މިއީ މި ގޮނޑި ހުސްވުމާ ގުޅިގެން ކޮމިޝަން މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވައިލި ދެވަނަ ފަހަރެވެ. ދެވަނަ ފަހަރަށް އިއުލާނު ކުރީ ފުރަތަމަ ފަހަރު ހުޅުވާލުމުން އެކަށީގެންވާ ތަރުހީބެއް ނުލިބުމުންނެވެ.ރައީސް އޮފީހުން ބުނީ އެޗްއާރްސީއެމްގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ 26 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އެދުވަހުގެ ހެނދުނު 9:30 އިން މެންދުރުފަހު 12:30 ގެ ނިޔަލަށް ރައީސް އޮފީހުން ފޯމު ބަލައިގަންނާނެ އެވެ. އެ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.އެޗްއާރްސީއެމްގެ މެމްބަރު ކަމުން އަދުހަމް އިސްތިއުފާ ދިނުމާއެކު މިހާރު ތިބީ ހަތަރު މެމްބަރުންނެވެ. އެއީ؛
އެޗްއާރްސީއެމްގެ މެމްބަރުންގެ މުއްދަތަކީ ކޮމިޝަނަށް އައްޔަނު ކުރާ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ