ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ކެލާ ދާއިރާގެ ކުރީގެ ރައީސް އަހްމަދު ޣާލިބު ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ކެލާ ދާއިރާއަށް ވާދަކުރުމަށް އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަން ނިންމާ އެކަން ޢިއުލާންކޮށްފިއެވެ.
ޣާލިބާއެކު އޭނާ އަށް ތާއީދުކުރާ ޕިޕީއެމްގެ މެމްބަރުންތަކެއް މިހާރުގެ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އާ ގުޅުނީ މި އަހަރުގެ ޖޫން މަހުގެ 19 ވަނަ ދުވަހުއެވެ.
ކެލާ ދާއިރާގެ މަޖިލިސް 2024 އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމައި އެކަން ޢިއުލާން ކުރުމަށް ''އެކްސް''ގައި ލިޔުނު މެސެޖުގައި ޣާލިބު ބުނެފައި ވަނީ، އެމްޑީޕީގެ ކެލާ ދާއިރާގެ މަޖިލިސް ޕްރައިމަރީ ކާމިޔާބުކޮށް، މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމަށް ދާއިރާގެ ރައްޔިތުންގެ އިތުބާރާއި އެހީތެރިކަމަށް އެދޭ ކަމަށެވެ.
ޣާލިބަކީ އިންތިޚާބީ ރައީސް، މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ އާރިފް އަދި ޖޭޕީގެ އެއް ނައިބު ލީޑަރު އިޤްބާލް އާދަމްގެ އާއިލީ މީހެކެވެ.
ޣާލިބު ކެލާ ދާއިރާގެ މަޖިލިސް ގޮނޑިއަށް ނުކުންނަން މަސައްކަތް ފެށިއިރު، މި ދައުރުގެ ކެލާ ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރު އިބްރާހީމް ޝަރީފް (ކެލާ އިބްރޭ) އައު ދައުރަކަށް ކުރިމަތިލައްވާނެކަން އަދި ރަސްމީކޮށް ޢިއުލާނެއް ނުކުރައްވައެވެ. ނަމަވެސް އިބްރޭ ވެސް އައު ދައުރަކަށް ކުރިމަތިލައްވާނެ ކަމަށް ވަނީ ބެލެވިފައެވެ.
އެ ގޮނޑީގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ކެލާ ކައުންސިލްގެ ރައީސް ޢަބުދުﷲ އިންފާޒް ވާދަކުރައްވާނެކަން ޢިއުލާން ކުރައްވާފައިވާއިރު، ކެލާ އަށް ނިސްބަތްވާ ޕީއެންސީގެ ސެނެޓާ އާދަމް ފާޒިލް އާއި އެ ދާއިރާގެ ފިއްލަދޫ އަށް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ކުރީގެ ކައުންސިލް މެންބަރު ޢަބުދުﷲ ޝަރީފް (ފިއްލަދޫ ޝަރީ) ވެސް އެ ގޮނޑީގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
މުއިއްޒުގެ އާއިލީ ބޭފުޅެއްކަމަށްވާ ޣާލިބު ކެލާ ދާއިރާގެ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ