ނިރުބަވެރި އިސްރާއީލުގެ ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގެ ތެރެއިން ފާއިތުވި 24 ގަޑިއިރު އެކަނި ވެސް ފަލަސްތީނުގެ 1000 މީހަކު ޝަހީދު ކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.
ޖަބަލިއާ ކޭމްޕަށް ނިރުބަވެރިން ހަމަލާދޭން ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެހަމަލާ ދިނުމަށްފަހު، އޭގެ ފަހުން ވެސް ނިރުބަވެރިން ވަނީ ހަމަލާތަކެއް ދިފައެވެ. އެހަމަލާތަކުގައި މިހާތަނަށް 200 އާއި ގާތްކުރާ އަދަދަކަށް މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.
ޣައްޒާގެ ހެލްތް މިނިސްޓްރީން އެންމެ ފަހުން އާންމު ކުރި މައުލޫމާތަށް ބަލާއިރު، މިހަނގުރާމައިގެ ތެރެއިން މިހާތަނަށް ޣައްޒާގެ 9000 މީހަކު ވަނީ ޝަހީދުވެފައެވެ.
މިދިޔަ މަހުގެ 7 ވަނަ ދުވަހު ދޭން ފެށި މިހަމަލާ ހުއްޓިދާނެ އަލިމަގެއް އަދި ފެނިފައި ނުވާއިރު، ގިނަ ގައުމުތަކުން ވަނީ ހަމަލާތަައް ހުއްޓާލުމަށް ގޮވާލާފައެވެ. ނަމަވެސް އިސްރާއީލަށް އެއްވެސް ކަހަލަ ދަތި ކުރުމުގެ ފިޔަވަޅެއް މިހާތަނަށް އެޅިފައެއް ނުވެއެވެ
24 ގަޑިއިރުތެރޭ ފަލަސްތީނުގެ 1000 މީހަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ