ފަސްމަހުގެ ދަރިފުޅު ހަވާލުކުރުމުގެ އަމުރަށް ހައި ކޯޓުން ވެސް ތާއީދުކޮށްފި

ފަސްމަހުގެ ދަރިފުޅު މަންމަ އާއި ހަވާލުކުރުމަށް ފެމިލީ ކޯޓުން ނެރުނު އަމުރަށް ހައި ކޯޓުން ތާއީދުކޮށް ފަސް މަހުގެ ދަރިފުޅުގެ މަންމަ ތާންޔާ ޝަރާން އާއި ހަވާލު ކުރަން ފިރިމީހާ އަހުމަދު ޝަރުއާންގެ މައްޗަށް އަމުރުކޮށްފި އެވެ.
ފަސް މަހުގެ ދަރިފުޅު މަންމައާއި ހަވާލުކުރުމަށް ފެމިލީ ކޯޓުންވަނީ ފުލުހުންގެ މައްޗަށް ވެސް އަމުރުކޮށްފައެވެ އެހެންނަމަވެސް ޝަރުއާން ދަރިފުޅު ގޮވައިގެން އުޅޭ ވަކި ތަނެއް ނޭންގިގެން ކުއްޖާ މަންމަ އާއި ހަވާލުކުރުމަށް ނެރުނު އަމުރު ތަންފީޒުނުކުރެވިފައެވެ.
ހައި ކޯޓުގައި މައްސަލަ އޮތުމުން ދަށު ކޯޓުގެ ހުކުމަށް އަމަލުނުކޮށް މަޑު ކުރުމަށް ހައި ކޯޓުން ވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އަމުރުކޮށްފަ އެވެ.
ތާންޔާ މާލެ އައިސް ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ތުއްތު ކުއްޖާއަކީ ގާތުންދޭ ކުއްޖަކަށްވާތީ އެކުއްޖާ އޭނާ އާއި ހަވާލުކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އަދި އެ އަމުރު ތަންޔާއަށް ފެމިލީ ކޯޓުން ނެރެދިނީ މިމަހުގެ ދިހަ ވަނަ ދުވަހު އެވެ.
ޝަރުއާންގެ މަންމަ އެމްވީޔޫތައް ދިން އިންޓަވިއުއެއްގައި ބުނީ ތާންޔާ އިސްލާމްދީން ގަބޫލުކުރާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކަށް އިންޓަވިއު ދިންނަވެސް ތާންޔާ ސުވިޒަލޭންޑްގައި ދިރިއުޅުނުއިރު އޭނާ އޫރު މަސްވެސް ކައި ހަދާ ކަމަށެވެ.
އަދި ޝަރުއާން މިސްކިތަށް ގޮސް ނަމާދު ކުރާތީ ވެސް ތާންޔާ ޖެއްސުންކޮށް ހަދާ ކަމަށާއި މިސްކިތުގައި ހުއްޓައި ބައެއް ފަހަރު ޝަރުއާން ހޯދަން ވެސް ތާންޔާ ގޮސްފައި އެބަހުރި ކަމަށް ޝަރުވާންގެ މަންމަ ބުންޏެވެ. ޝަރުއާން ރޯދަ ހިފާތީ އެކަމަށް ވެސް ތާންޔާ މަލާމާތްކޮށް ހަދާ ކަމަށް ޝަރުއާންގެ މަންމަ ބުންޏެވެ.
ޝަރުއާންގެ މަންމަ ބުނީ ތާންޔާ ދަރިފުޅާއި ވަކިން ނޫޅެވޭނެ ކަމަށް ބުނެ ދަރިފުޅު ހޯދަން ރާއްޖެ އައިނަމަވެސް ތާންޔާގެ ވާހަކަތައް ގަބޫލުނުކުރެވޭނެ ކަމަށެވެ. އަދި ޝަރުއާން އާއި ތަންޔާ ސުވިޒަލޭންޑްގައި ދިރިއުޅުނު އިރު ތާންޔާ ދަރިފުޅަށް އެއްވެސް ވަރަކަށް އަޅާނުލާ ކަމަށެވެ.
” ދަރިފުޅަށް އެއްވެސް ވަރަކަށް އޭނާ އަޅައެއް ނުލާ. އޭނާ ގޭގައި އުޅޭ ވަގުތަކުގައި ދަރިފުޅު ރޯ އަޑު އިވޭތީ ނިދަން ވެސް އޮންނަނީ ކަންފަތުގައި ކަފަ ޖަހައިގެން.” ޝަރުއާންގެ މަންމަ ބުންޏެވެ.
އޭނާ ބުނީ ދެމަފިރިންގެ ދެމެދުގައި ޖެހުނު ހަމައެކަނި މައްސަލައަކީ ޝަރުއާން ވަޒީފާ އަކަށް ނުދިއުމާއި ފޭސްބުކްގައި އަބަދު ވަގުތު ހޭދަކުރަމުން ދިއުމުން ކަމަށް ތާންޔާ ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ނަމަވެސް ތާންޔާ އާއި އިސްލާމް ދީނާއި ގުޅުމެއް ނޯންނަ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށް އޭނާ ބުނީ ދެމަފިރިންގެ ދެމެދުގައި ކުޑަކޮށް ވެސް މައްސަލަ ޖެހެނީ ޝަރުއާން ވަޒީފާއަކަށް ނުދިއުމާއި ފޭސްބުކްގައި އަބަދު ވަގުތުތައް ހޭދަ ކުރާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ