ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް ބޭފުޅަކު އައްޔަންކުރައްވައިފި

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުން ބުނީ އެ ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް އައްޔަންކޮށްފައިވަނީ މއ. ޕެރިސްގޭ އަލްއުސްތާޛާ މަރްޔަމް ޝަމްޢާ އިސްމާޢީލް ކަމަށެވެ.
ޝަމްއާ އިސްމާއީލް ހަމަޖެއްސެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިދިޔަ މަހުގެ 29 ގައި ނިންމާފައިވާތީ ކަމަށާއި އަދި ރަޖިސްޓްރާ ކަމަށް އޭނާ ހަމަޖެއްސެވީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
ސުޕްރީމް ކޯޓުން ބުނީ ޝަމްއާ އަކީ ސުޕްރީމް ކޯޓުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭކަނބަލެއް ކަމަށެވެ. އެ ގޮތުން އެ ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރު ކަމާއި ޑެޕިއުޓީ ލީގަލް އޮފިސަރު ކަމުގެ މަގާމު އޭނާ އަދާކުރައްވާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ