އެމެރިކާގެ 35 ވަނަ ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލިކަމަށް ބުނާ ލީ ހާވީ އޮސްވަލްޑްގެ ސަންދޯއް ޓެކްސަސްގެ މީހަކު ވިއްކާފައި ވަނީ ގަވާއިދާއި ހިލާފަށް ކަމަށް ޓެކްސަސްގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.
ޓެކްސަސްގެ އެލަން އެސް ބައުމްގާޑްނާ އޮސްވަލްޑްގެ ސަންދޯއް ވިއްކުމަށް މަސައްކަތްކޮށްފައި ވަނީ 87000 ޑޮލަރަށެވެ. ބައުމްގާޑްނާ އަކީ މައްޔިތުން ހިނަވެމުގެ މަސައްކަތްކުރާ ކުންފުންޏެއް ހިންގާ މީހެކެވެ.
ބައުމްގާޑްނާ ވަނީ 2010 ވަނަ އަހަރު މި ސަންދޯއް ވިއްކުމަށް މަސައްކަތްކުރުމާއި ގުޅިގެން، އޮސްވަލްޑްގެ ބޭބެ، ރޮބަޓް އޮސްވަލްޑް، ވަނީ މި ވިޔަފާރި ހުއްޓުވުމަށް މަސައްކަތްކޮށްފަ އެވެ.
ކެނެޑީ 1963 ވަނަ އަހަރު އަވަހާރަކޮށްލުމަށްފަހު، އޮސްވަލްޑްވެސް ވަނީ މަރާލާފަ އެވެ. އޭނާ އޭރު ވަޅުލި 300 ޑޮލަރުގެ ސަންދޯއް ނަގާފައި ވަނީ ކެނެޑީ އަވަހާރަކޮށްލުމާއި ގުޅިގެން ހިނގި ތަހުގީގެއްގައި ކުރެވުނު ތުހުމަތުތަކާއި ގުޅިގެންނެވެ. އޮސްވަލްޑްގެ ހަށިގަނޑު އަލުން ވަޅުލި އިރު، ކުރިން ވަޅުލި ސަންދޯއް ހަލާކުވެފައިވުމުން އޭނާ އާ ސަންދޯކެއްގައި ވަޅުލާފައިވެ އެވެ.
އޮސްވަލްޑްގެ ބާ ސަންދޯއް ބައުމްގާޑްނާގެ ހިނަވާގޭގައި ގިނަ ދުވަސްތަކެއް އޮތުމަށްފަހު، ބައުމްގާޑްނާ އޭތި ވިއްކާލުމަށް ނިންމި ނިންމުމަކީ ގަވާއިދާއި ހިލާފަށް ނިންމި ނިންމުމެއް ކަމަށާއި ސަންދޯއް އޮސްވަލްޑްގެ ބޭބެއަށް ރައްދުކުރުމަށް ކޯޓުން ހުކުމް ކޮށްފައިވެ އެވެ. އަދި، ސަންދޯއް ވިއްކުމަށް ބޭނުންކުރި ނީލަމަށް ބައުމްގާޑްނާ 10000 ޑޮލަރު ދިނުމަށްވެސް ކޯޓުން ހުކުމް ކޮށްފައިވެ އެވެ.
ކެނެޑީގެ ގާތިލުގެ ސަންދޯއް ވިއްކާލި މީހާއަށް ޓެކްސަސް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ