ނައިބު ރައީސްކަން އަދީބަށް ދިނުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމ ދެކޮޅު ހައްދަވާކަމަށްބުނެ މީޑިއާގައި ހަބަރު ފެތުރިގައިވާއިރު ނައިބުކަން ދެއްވާނީ ރައީސް ކަމަށާއި، އެހެންމީހަކު އެއްޗެއް ބުނުމުގެ ޖާގައެއް ނޯންނާނެކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި މައުމޫން ވިދާޅުވެފައިވަނީ “ޤާނޫނު އަސާސީގެ 122 ވަނަ މާއްދާ ބުނާގޮތުން، އެކަމަކީ ހަމައެކަނި ރައީސަށް އޮތް އިހުތިޔާރެއް ކަމަށާއި އެހެން މީހަކު އެއްޗެއް ބުނުމުގެ ޖާގައެއް ނެތް” ކަމަށެވެ.
QA ge 122 vana maadhdhaa bunaa gothun ekamakee hama ekani Raees ah oiy ikhthiyaareh. Ehen meehaku echchen bunumuge jaagaeh neiy.
— Maumoon Abdul Gayoom (@maumoonagayoom) July 14, 2015
މި ޓްވީޓްގެ އިތުރުން މިކަމާއި ގުޅޭ އިތުރު ޓްވީޓެއްވެސް މައުމޫން ވަނީ ކުރައްވާފަ އެވެ. އެ ޓްވީޓްގައި މައުމޫން ވިދާޅުވެފައިވަނީ އެއްވެސް ބޭފުޅަކަށް ނައިބު ރައީސްކަން ދެއްވުން އެދި ނުވަތަ ނުދެއްވުން އެދި ރައީސަށް އެސްއެމްއެސް ކޮށްފައި ނުވާނެ ކަމަށެވެ.
Evves beyfulhakah Naib Raees kan dhevvun edhi nuvatha nudhevvun edhi alhugan'du Raeesakah sms eh nukuran.
— Maumoon Abdul Gayoom (@maumoonagayoom) July 14, 2015
ނައިބުކަން ދެއްވާނީ ރައީސް، އެހެންމީހަކު އެއްޗެއް ބުނުމުގެ ޖާގައެއް ނެތް:ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ