އޮބިނޯވެގެން ފިޔަވަޅުތައް ހަރުކަށި ކޮށްފި

ކޮވިޑް-19 ގެ ކޭސްތައް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވުމާއި ގުޅިގެން ރައްކާތެރިކަމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅައިިފި އެވެ.
ފިޔަވަޅުތައް އިއުލާނު ކުރަން ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ބުދަ ދުވަހުން ފެށިގެން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަން ވަނީ އިއުލާނު ކޮށްފައެވެ. ޖުމްލަ 8 ފިޔަވަޅެއް އެޅުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ވެހިކަލް މަނާ ވަގުތު ކަނޑައެޅުމާއި ސުކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން ނިންމުން ހިމެނެއެވެ. އަދި ޕާކުތަކާއި ކަސްރަތު ކުރާ ތަންތަން ބަންދު ކުރުމާއި މިސްކިތުގައި ތިބޭއިރު މާސްކު އަޅަން މަޖުބޫރުކޮށްފައިވެއެވެ.
އަދި ކޮވިޑް-19 ގެ ވެކްސިން ފުރިހަމަ ކުރުމުން ލިބޭ ލުއި ނުދޭންވެސް ވަނީ ނިންމާފައެވެ. ކޮވިޑް-19 އިން ދިފާއުވުމަށް ދެ ޑޯޒް ވެކްސިް ޖަހަން ޖެހެއެވެ. ރާއްޖޭގައި މިހާރު ދެ ޑޯޒް ޖަހާފައިވާ މީހުންގެ މީހުންގެ އަދަދު ލައްކައަށްވުރެ ގިނަ އެވެ. ވެކްސިން ފުރިހަމަ ކޮށް 14 ދުވަސް ހަމަވުމުން ކަރަންޓީން ނުވެ ރަށްރަށަށް ދެވޭނެ އުސޫލެއް އެޗްޕީއޭއިން އޮތީ އިއުލާނުކޮށްފައެވެ.
ނަަމަވެސް މިރޭ ސަރުކާރުން އިއުލާނުކުރި ފިޔަވަޅުތަކުގައި ބުނެފައިވަނީ ވެކްސިން ފުރިހަމަ ކުރުމުން ލިބޭ ލުއި މިވަގުތަށް ނުދޭން ނިންމާފައިވާ ކަމަށެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ 10 ދުވަހުގެ މުއްދަތަށެވެ.
މިދިޔަ ހަތް ދުވަހުގެ ކޮވިޑް ނަންބަރު
އޭޕްރީލް 26 - 328 ކޭސްއޭޕްރީލް 27 - 386 ކޭސްއޭޕްރީލް 28 - 464 ކޭސްއޭޕްރީލް 29 - 318 ކޭސްއޭޕްރީލް 30 - 465 ކޭސްމެއި 1 - 402 ކޭސްމެއި 2 - 508 ކޭސް
ކޮވިޑް ކޭސްތައް 300 އިން މަަތީގައި ހުންނަތާ ހަފްތާއެއް ވަނީ ވެފައެވެ. ގިނަ ދުވަސް ދުވަހު ޕޮޒިޓިވް އަދަދު ހުރީ 400 އިން މަތީގައެވެ. އިއްޔެ ވަނީ 500 ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައެވެ. މި އަހަރުގެ މިދިޔަ ހަތަރު މަސް ދުވަހު 17،000 ވުރެ ގިނަ މީހުން ވަނީ ބަލިޖެހިފައެވެ.
މި މަހުގެ ފުރަތަމަ ހަތަރު މަސް ނިމިގެންދިޔައިރު 22 މީހަކު މި ބަލީގައި މަރުވެއްޖެ އެވެ.
ކޮވިޑްގެ ހާލަތު އެންމެ ގޯސް ރަށްތައް
މާފުށި - 350 ކޭސްނައިފަރު - 272 ކޭސްމާންދޫ - 253 ކޭސްމަތިވެރި - 218 ކޭސްއޭދަފުށި - 146 ކޭސްހިންމަފުށި - 104 ކޭސްވޭމަންޑޫ - 74 ކޭސްއުކުޅަސް - 73 ކޭސްގުޅި - 44 ކޭސްމާމިގިލި - 38 ކޭސް
ކޮވިޑް ކޭސްތައް ފެނިގެން މިވަގުތުވެސް 25 ރަށެއް އޮތީ މޮނިޓަރިންގައެވެ.
އެއީ ޅ. ނައިފަރާއި އދ. މާމިގިއްޔާއި ތ. ވޭމަންޑޫ އާއި އެ އަތޮޅު މަޑިފުއްޓާއި އއ. ބޮޑުފުޅަދޫ އާއި ކ. ހިންމަފުއްޓާއި ގުޅި އަދި މާފުށީގެ އިތުރުން އއ. މަތިވެރި އާއި ލ. މާންދޫ އާއި ގަމާއި ފޮނަދޫ އާއި ގދ. ތިނަދޫ އާއި އއ ކުޅަހާއި ކ. ތުލުސްދޫ އާއި ލ. ދަނބިދޫ އާއި އއ. ރަސްދޫ އާއި މ. ކޮޅުފުއްޓާއި އައްޑޫ ސިޓީ އާއި އދ. ދަނގެތި އާއި ހއ. ދިއްދޫ އެވެ. ދެން އޮތީ އިއްޔެ މޮނިޓަރިން އަށް ގެނައި ކުޅުއްފުއްޓާއި ހިމަންދޫ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ