ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާ ބައި އިލެކްޝަނުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ދެ ފަރާތަކުން ހުށަހަޅާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ސްޕޯކްސް ޕާސަން އިމްތިޔާޒު ފަހުމީ ވިދާޅުވީ ތިމަރަފުށީ ދާއިރާއަށް އެމްޑީޕީން ކުރިމަތި ލެއްވުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވަނީ ކުރިންވެސް އެ ގޮނޑި ފުރުއްވި މުހައްމަދު މުސްތަފާއާއި އެމްޑިޕީ ގައުމީ މަޖިލީހުގެ މެންބަރު އަދި ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީގު ކަމަށެވެ. ޝަފީގަކީ ކުރިން ހާއްސަ މަޖިލީހުގެ މ. އަތޮޅު ގޮނޑިއެއް ފުރުއްވެވި ބޭފުޅެކެވެ.
އިންތި ވިދާޅުވީ އެމްޑީޕީގެ ޓިކެޓަށް އެދި ދެ ފަރާތަކުން ހުށަހަޅާފައިވާތީ އެމްޑީޕީގެ ޓިކެޓް ދޭނެ މީހެއް ކަނޑައަޅާނީ އަންނަ މަހު ހަތް ވަނަ ދުވަހު ބާއްވާ ޕްރައިމަރީ އިންތިހާބުން ހޮވި ވަޑައިގަންނަވާ ބޭފުޅަކަށް ކަމަށެވެ.
މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ ބައި އިލެކްޝަނާއި ތ. ގާދިއްފުށީ ކައުންސިލުގެ ބައި އިލެކްޝަން އަދި ހދ. ކުމުންދޫ ކައުންސިލުގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ކުރިމަތި ލުމަށް ބޭނުންވާ ފަރާތްތަކަށް އެމްޑީޕީގެ ޓިކެޓަށް އެދުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާ ކަމަށް އިންތި ވިދާޅުވި އެވެ.
އަންނަ އޭފްރީލް މަހުގެ 14 ވަނަ ދުވަހު ހަތަރު ބައި އިލެކްޝަނެއް ބާއްވާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިއުލާން ކޮށްފަ އެވެ.
ތިމަރަފުށީ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި މުސްތޮފާ އާއި ޝަފީގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ