ސުޕްރީމް ކޯޓުގެ ހުއްދަނެތި އެއްވެސް ތަނެއްގައި ކޯޓު ރޫމެއް ނުހެދޭނެކަމަށް އަންގައިފި

ކޯޓެއް ޤާއިމްކުރެވިފައިވާ ތަން ފިޔަވައި އެހެންތަނެއްގައި، ޝަރީޢަތް ހިންގުމަށްޓަކައި ކޯޓުގެ ޑިވިޜަނެއް ނުވަތަ ފެސިލިޓީއެއް ހަމަޖެހިފައިވާ އުޞޫލުން ބޭރުން އެއްވެސް ފަރާތަކުން ޤާއިމްކޮށްގެން ނުވާނެކަމަށާއި އެ ފެސިލިޓީއެއް ޤާއިމްކުރާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް ކަމުގައި ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިހެން ވިދާޅުވީ މިއަދު އުއްތަމަ ފަނޑިޔާރު ސޮއި ކުރައްވާ އެކޯޓުން ނެރުނު ސާކިއުލާއެއްގައެވެ.
ސުޕްރީމް ކޯޓުން މިހެން ވިދާޅުވިއިރު ކްރިމިނަލް ކޯޓުން ދޫނިދޫގައި ކޯޓު ރޫމެއް ދަނީ ހަދަމުންނެވެ.
ސުޕްރީމް ކޯޓުގެ ސާކިއުލާގައި ވިދާޅުވެފައި ވަނީ ޝަރީޢަތް ހިންގުމަށްޓަކައި ކޯޓުގެ ޑިވިޜަނެއް ނުވަތަ ފެސިލިޓީއެއް ސުޕްރީމް ކޯޓުގެ ހުއްދަނެތި ގާއިމު ނުކުރެވޭނެ ކަމަށް ނިންމީ އެކޯޓުން 2009 ވަނަ އަހަރު ނެރެފައިވާ ސާކިއުލާއެއްގައި ޝަރުޢީ ދާއިރާގެ ބޭނުމަށްޓަކައި ހޯދަންޖެހޭ އިމާރާތްތައް ހޯދުމާއި އިމާރާތްކުރަންޖެހޭ ތަންތަން ކަނޑައަޅާ އިމާރާތްކުރުމާއި މަރާމާތުކުރަންޖެހޭ ތަންތަން މަރާމާތުކޮށް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސުޕްރީމް ކޯޓުން ކަނޑައަޅާ އުޞޫލެއްގެ ދަށުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތެއްކަމަށް ކަނޑައަޅާފައިވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ