ގާޒީ ސަމީރާއި ނަޝީދު ކްރިމިނަލް ކޯޓުން ފެމިލީ ކޯޓަށް ބަދަލުކުރަނީ

ކްރިމިނަލް ކޯޓުގެ ގާޒީންގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ދެ ޤާޒީންކަމުގައިވާ ގާޒީ އަހުމަދު ސަމީރާއި ގާޒީ އަބްދުﷲ ނަޝީދު އަބްދުލްއަޒީޒު ފެމިލީ ކޯޓަށް ބަދަލުކުރުމަށް ޖުޑިޝަލް ސާވިސްކޮމިޝަނުން ނިންމައިފި އެވެ.
ވަގުތަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީއިން މި ގޮތަށް ނިންމާފައިވަނީ އެ ދެ ބޭފުޅުންގެ އެދުމުގެ މަތިންނެވެ. އެހެން ނަމަވެސް ގާޒީން ބަދަލުކުރާ ދުވަހެއް އަދި އެނގިފައެއް ނުވެއެވެ.
މި ދެ ގާޒީން އެ ކޯޓަށް ބަދަލުކޮށްފިނަމަ ކްރިމިނަލް ކޯޓުގައި ދެން ތިއްބަވާނީ ފަސް ގާޒީންނެވެ. ކްރިމިނަލް ކޯޓު ހިންގުމާ ވަގުތީ ގޮތުން މިހާރު ހަވާލުވެ ހުންނެވީ ގާޒީ އަބްދުލް ބާރީ ޔޫސުފެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ވެސް ވަނީ ފެމިލީކޯޓަށް ބަދަލުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ