އަލްހާނުގެ ދަރަނީގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާނު ފަހުމީ އާއި ސ.ފޭދޫ ހިރުދުމާގޭ މުހައްމަދު ސައީދާއި ސިލްވަލޭން ކޮމްޕެނީއާއި އެސްޓީއޯއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ކްރެޑިޓަށް ނަގާފައިވާ 4.6 މިލިޔަން ރުފިޔާގެ މުދަލުގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްފިއެވެ.
2010 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ގައި އަލްހާންއާއި ސައީދާއި، ސިލްވަލޭން ކުންފުނިން އެސްޓީއޯއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މިހާތަނަށް 4،627،394 ރުފިޔާގެ މުދާ ކްރެޑިޓަށް ނެގުމަށްފަހު އެ ފައިސާ ދައްކާފައިނުވާ ކަމަށް އެސްޓީއޯއިން ވަނީ ސިވިލް ކޯޓުގައި ބުނެފައެވެ. މުދާތައް ނެގުމަށް ކާރަކާއި ލޯންޗެއް މޯގޭޖުކޮށްފައި ވާއިރު ފަރުދީ ހައިސިއްޔަތުން ޒިންމާވާނެ ކަމަށް އަލްހާން ފަހުމީއާއި ސައީދުވަނީ އެއްބަސްވެފައެވެ.
މިމަހުގެ 14 ވަނަ ދުވަހު އޮތް މި މަައްސަލައިގެ ޝަރީޢަތަށް އަލްހާނު ހާޒިރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެންނެވެ.
މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް އެސްޓިއޯއާއި ދައުވާ ލިބޭ ފަރާތްތަކާ ދެމެދު އެއްބަސްވުމެއް ހަދާ ފައިސާ ދައްކާނެ ގޮތަކާމެދު އެއްބަސްވެފައިވާތީ މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ސިވިލް ކޯޓުންވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ