ކްލަބް ސްޓިލް ރެޑުން އިންތިޒާމްކޮށްގެން ބާއްވާ އަބްދުﷲ ކޮއެގެ މެމޯރިއަލް ފުޓްސަލް މުބާރާތުގެ ފައިނަލަށް އަނގޮޅިއަންސް، އީބީޖީ އަދި ހިއާލީ ދަތުރު ކޮށްފިއެވެ.
ނ.ވެލިދޫ ފުޓްސްލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލަށް އަނގޮޅިއަންސް ދަތުރު ކުރީ މިރޭ ކުޅެވުނު ގްރޫޕް އޭ ގައި ހުސްއަލި ޓީމު 3-6 އިން ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިކަޔަށް ހޮވުނީ އަނގޮޅިއަންސް ޓީމުގެ ޖޯޒީ ނަމްބަރު 8 ޝަޔާން އަބްދުއްﷲ އެވެ.
އީބީޖީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ ގްރޫޕް ބީ ގައި އެންމެ ފަހުގެ ޗެމްޕިއަން ރެސް ބްލޮކް 6-19 ގެ ތަފާތު ބޮޑު ނަތީޖާ އަކުން ބަލިކުރުމަށް ފަހުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އީބީޖީގެ ޖޯޒީ ނަމްބަރު 12 ލިރްގާމް އަބްދުލް ލަތީފެވެ.
މުބާރާތުގައި މިރޭ އިތުރު މެޗެއްވެސް ކުޅެވުނެވެ. މުބާރާތުން ކަޓާފައިވާ ބައޯސް އާއި ސާއްބަ ބައްދަލުކޮށް 6-9 އިން ކާމިޔާބު ކުރީ ސާއްބަ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިކަށް ހޮވުނީ ސާއްބަ ޓީމުގެ ޖޯޒީ ނަމްބަރު 7 އަބްދުއްﷲ އިބްރާހިމް އެވެ.
ސެމީ ތިން ޓީމެއް ވާދަކުރާ އިރު، ފައިނަލަށް ދާނީ ކޮންމެ ޓީމެއް ވެސް އަނެއް ޓީމާ ކުޅެ އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެވެ. ސެމީގެ ފުރަތަމަ މެޗުގައި މާދަމާ ރޭ ބައްދަލުކުރާ ހިއާލީ އާއި އަނގޮޅިއަންސް އެވެ.
މި މުބާރާތަކީ ނ. ވެލިދޫގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަން ފާހަގަކޮށްލެވެ އެވެ. މި އަހަރަކީ ކްލަބް ސްޓިލް ރެޑް އިން އިސްނަގައިގެން މި މުބާރާތް ވިދިވިދގެން ބާއްވާ ހަ ވަަނަ ފަހަރެވެ.
އަބްދުﷲ ކޮއެ މެމޯރިއަލް ފުޓްސަލް ކަޕް: އަނގޮޅިއަންސް، އީބީޖީ އަދި ހިއާލީ ސެމީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ