ސްކޫލް ކްރިކެޓް ތަރައްޤީކުރުމަށް ދާއިމީ ދެ ކޯޗުން އިތުރަށް ހޯދަންޖެހޭ - ކްރިކެޓް ބޯޑް

ސްކޫލް ކުދިންގެ ކްރިކެޓް އިތުރަށް ތަރައްގީ ކުރުމަށް ދާއިމީ ދެ ކޯޗުން އިތުރަށް ހޯދަންޖެހޭކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން ބުނެފި އެވެ.
ޕީއެސްއެމްއިން ގެނެސްދިން ކުޅިވަރު ވިންދު ޕްރޮގްރާމްގައި ވާހަކަދައްކަމުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އެކްސްކޯ މެންބަރ އަލީ މުހައްމަދު މަނިކް ބުނީ، ސްކޫލް ކުދިންގެ ކްރިކެޓްގެ ފެންވަރު މަތިކުރުމަށް މިއަހަރުގެ ކަލަންޑަރުގައިވެސް ވަރަށް ބޮޑު އިސްކަމެއް ދީފައިވާނެކަމަށެވެ. އަދި ރާއްޖެ ތެރޭގައި ކްރިކެޓް ކުރިއެރުވުމަށްވެސް ވަރަށް ބޮޑު އިސްކަމެއް މިއަހަރު ދީފައިވާނެކަމަށް އަލީ މުހައްމަދު މަނިކް ބުންޏެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ލ.އަތޮޅު ކުނަހަންދޫއާއި ޏ.އަތޮޅު ފުވައްމުލަކުގައި ކްރިކެޓް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް މިހާރު ދަނީ ކުރަމުން ނެވެ. މުހައްމަދު މަނިކް ބުނީ އަތޮޅު ތެރޭގައި ކްރިކެޓް ކުރިއެރުވުމަށް މިދެ ރަށުގައި ދާއިމީ ކޯޗުން ބެހެއްޓުމަށް މިއަހަރު ގިނަ މަސައްކަތްތެއް ކުރާނެކަމަށެވެ. އަދި މިކުރެވުނު މަސައްކަތުން ގައުމީ ޓީމަށްވެސް ބައެއް ކުޅުންތެރިން މިހާރު އަރާފައިވާކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިންގެ އެކްސްކޯ މެންބަރ އަލީ މުހައްމަދު މަނިކް ބުންޏެވެ.
"ނެޝަނަލް ޓީމްއަށް ގެނެވޭނެ 3 ކުޅުންތެރިން އެބަތިބި މިހާރު ފޯމުލަކުގައިވެސް. އޭގެ ތެރޭގައި ސްޕިނަރުންވެސް އެބަތިބި. އެހެންވީމަ އުއްމީދު ކުރަނީ އެމީހުންނާއި އެކީގައި މަސްހުނިކޮށްލައިގެން ޓީމްތަށް ގެނުން، ފުރުސަތުތަށް ދޭއިރުވެސް އަތޮޅު ތެރޭގެ ކުދިންނަށްވެސް ހަމަހަމަ ފުރުސަތުތަށް ދިނުން. އަދި ގައުމީ ޓީމްތަށް ނަގާއިރުވެސް އެކުޅުންތެރިންވެސް ލައިގެން ޓީމްތަށް ނެގުމަށް އިސްކަމެއް ދޭންނަން. އަދި ފުވައްމުލަކުގެ ކްރިކެޓް ދަށުގެ ވަސީލަތްތަށް ބޭނުންކޮށްގެން އެރަށުގައި ރަގަނޅު ޓީމްއެއް ބިނާކުރުން ބޯޑްގެ އަމާޒްއަކީ." އަލީ މުހައްމަދު މަނިކް ބުންޏެވެ.
މިއަހަރުގެ ކްރިކެޓް ކަލަންޑަރު މިހާރު އެކުލަވާލާފައިވާއިރު، ކަލަންޑަރުގައި 5 މުބާރާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި އަންހެން ކުޅުންތެރިންނަށްވެސް ކްރިކެޓް މުބާރާތެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ