އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގަންނަވައިފި އެވެ.
ބޭރަށް ވަޑައިގެންނަވާ ވާހަކަ އީސީގެ ރައީސް ވިދާޅުވެފައި ވަނީ މިއަދު ހެދުނު ކުރެއްވި ޓުވީޓެއްގަ އެވެ. މި ޓުވީޓް ގައި ވަޑައިގަންނަވާ ގައުމެއް ވިިދާޅުވެފައެއް ނުވެއެވެ. ނަމަވެސް ޝަރީފް ވަޑައިގަންނަވަނީ ސްރީލަންކާއަށް ކަމަށް މައުލޫމާތު ވަނީ ލިބިފައި ވެއެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މިއަދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ ރާއްޖެއިން ބޭރަށް ކުޑަ ދުވަސްކޮޅަކަށް ވަޑައިގެންނަވާ ކަމަށާއި މިކަން "ހޯދާ މަންޖެ" ކައިރި ބުނެލަދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ އަބްދުލް ގައްޔޫމްގެ ތަރުުޖަމާނު އިބްރާހިމް މުއާޒް އަލީގެ އަރިހުން ވަނީ އެދިވަޑައިގަންނަވާފަ އެވެ.
ރިޔާސީ އިންތިހާބު ނާކާމިޔާބު ވުމުން ޕީޕީއެމް އިން ދަނީ ކޮންމެ ރެޔަކު ޕީޕީއެމް އޮފީސް ކުރިމަތީ މުޒާހަރާ ކުރަމުންނެވެ. މި މުޒާހަރާ ތަކުގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފްއަށް ދަނީ ބޮޑެތި ތުހުމަތުތަށްކޮށް ފާޑުކިޔުންތަށް އަމާޒު ކުރަމުން ނެވެ. މިގޮތުން އީސީ ޝަރީފު، އަންނާށޭ، އަދި އީސީ ޝަރީފޫ ގެނަމުން ޕީޕީއެމްގެ އަންހެން އެކްޓިވިސްޓަކު ވަނީ މުހާޠަބްކޮށްފައެވެ.
ރާއްޖެއިން ބޭރަށް ކުޑަ ދުވަސްކޮޅަކަށް ވަޑައިގެންނަވާ ކަމަށާއި މިކަން ހޯދާ މަންޖެ ކައިރި ބުނެލަދިނުމަށް މުއާޒުކައިރި އިސީގެ ރައީސް އެދިވަޑައިގެންފައި ވަނީ ރައްދުދެއްވުމުގެ ގޮތުންނެވެ.
އީސީ ޝަރީފުގެ ޓުވީޓެއް ހޯދާ މަންޖެއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ