ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން އަދި އާޓްސް އެންޑް ހެރިތޭޖް މިނިސްޓަރު ޔުމްނާ މައުމޫން ޕީޕީއެމްއިން ވަކިވާން ސިޓީ ލީއިރުވެސް އޮތީ އެޕާޓީން ވަކިކޮށްފައި ކަމަށް ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
އިއްޔަ ޔުމްނާ ޕީޕީއެމްގެ ރެޖިސްޓާއަށް އެޑްރެސްކޮށް ޕީ.ޕީ.އެމްގެ އޮފީހަށް ފޮނުވައިފައިވާ ސިޓީއެއްގައި ބުނެފައިވަނީ، ޕީ.ޕީއެމްގެ އަސާސީ ގަވާއިދާއި އަދި ހިންގާ ގަވާއިދާއި ހިލާފަށް ޕީ.ޕީއެމް ހިންގަމުން ގެންދާތީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ބޭނުން ނުވާ ކަމަށެވެ. އެހެން ކަމުން ޕީ.ޕީއެމްއިން ޔުމްނާ ވަކިކޮށް ދިނުމަށްވެސް އެސިޓީގައި ޔުމްނާ އެދިފައި ވެއެވެ.
އެ ސިޓީއާ ގުޅިގެން މުންދު ވިދާޅުވެފައި ވަނީ ޔުމްނާ ޕާޓީން ވަކިވެވަޑައިގަންނަން ނުޖެހޭނެ ކަމަށާއި، އެކަމާ އޮތީ މާކުރިންވެސް ޕާޓީން ވަކިވެވަޑައިގެންފައި ކަމަށެވެ. ފަހަރެއްގައި އެކަން ޔުމްނާ ހަނދުމަފުޅު ނެތުނީ ކަމަށް ވެދާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.
ޔުމްނާ މައުމޫން ޕީ.ޕީ.އެމްއިން ވަކިވުމަށް ހުށަހަޅާފައި މިވަނީ، ޔުމްނާގެ ބައްޕާފުޅު އަދި ޕީ.ޕީއެމްގެ ކުރީގެ ރައީސް، މައުމޫންއަށް ޕީޕީއެމް ނުދެވޭނެ ކަމަށް ކޯޓުން ހުކުމް ކޮށްފައި ވަނިކޮށެވެ. ހައިކޯޓުން ޕީޕީއެމްގެ ރައީސަކީ ކުރީގެ ރައީސް ޔާމީން ކަމަށް ނިންމި ކޮންގްރެސް ސައްހަ ކަމަށް ހުކުމް ކުރި އިރު، ސްޕްރީމް ކޯޓުން ވަނީ އެ ހުކުމް ދަމަހައްޓާގައެވެ.
ޔުމްނާގެ ބޮޑުބޭބޭފުޅު ޔާމީނަށް ޕީޕީއެމް ލިބިފައިވާ އިރު، ބައްޕާފުޅު މައުމޫން ގެންދަވަނީ އާ ސިސާޔީ ޕާޓީއެއް އުފެއްދުމުގެ މަސަތްކަތް ކުރަށްވަމުންނެވެ. މައުމޫން އުފައްދަވަން މަސައްކަތް ކުރާ ޕާޓީއަކީ މޯލްޑިވްސް ރިފޯމް މޫމަންޓެވެ.
ޕީޕީއެމްގައި ތިބި މައުމޫންގެ ބޭފުޅުން ޕާޓީން ކެނޑެމުންދާ އިރު، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ހައުސިން އެންޑް އަބަން ޑިވަލޮޕްމަންޓް މިނިސްޓަރު އާތިފާ ޝަކޫރެވެ.
ޔުމްނާ މައުމޫން އޮތީ ކުރިން ޕީޕީއެމްއިން ވަކިކޮށްފައި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ