އައްޑޫސިޓީ ކައުންސިލް (ފޭދޫ ދައިރާ)އާއި މ. ކޮޅުފުށި ކައުންސިލަށް މެމްބަރުން ހޮވުމަށް ބޭއްވި ބައި-އިލެކްޝަންތަކުގެ ނަތީޖާ އިން ޕީޕީއެމް ފިލާވަޅު ލިބިގަންނަން ޖެހޭ ކަމަށް އެ ޕާޓީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 20ގައި ބޭއްވި އައްޑޫސިޓީ ކައުންސިލް (ފޭދޫ ދައިރާ)ގެ ބައި-އިލެކްޝަން އާއި މިއަދު ބޭއްވި މ. ކޮޅުފުށި ކައުންސިލްގެ ބައި-އިލެކްޝަން ވެސް ޕީޕީއެމްއާ ވާދަކޮށް ކާމިޔާބު ކުރީ ވާދަވެރި އެމްޑީޕީން ނެވެ.PPM must learn from both Feydhoo n Kolhufushi by elections. We will insha Allah.— Maumoon Abdul Gayoom (@maumoonagayoom) October 18, 2014
"ޕީޕީއެމް ޖެހޭ ފޭދޫ އާއި ކޮޅުފުށި ބައި އިލެކްޝަންގެ ނަތީޖާއިން ފިލާވަޅެއް ލިބިގަންނަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފިލާވަޅު ލިބިގަންނާނަން،" ކުރީގެ ރައީސް މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.
މިއަދު ބޭއްވި މ. އަތޮޅު ކޮޅުފުށީ ކައުންސިލްގެ ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ނަސީރާ ވާދަކޮށް އެމްޑީޕީ ކެންޑިޑޭޓް ހުސެއިން ޝާމިލު އެ ގޮނޑި ކާމިޔާބު ކުރީ 333 ވޯޓު- 355 ވޯޓުންނެވެ.
ފޭދުއާއި ކޮޅުފުށި ބައި އިލެކްޝަނުން ޕީޕީއެމް ފިލާވަޅު ލިބިގަންނަން ޖެހޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ