ދެ އަހަރުގެ ތުއްތު ކުއްޖަކު މަންމައަށް ނަގައިދިނުމަށް ފުލުހުން އއ ހިމަންދޫއަށް ގޮސް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު އެ އޮޕަރޭޝަން ފުލުހުން ހިންގާފައިވަނީ ކުއްޖާ މަންމައާއި ހަވާލު ކުރުމަށް އެ ކުއްޖާގެ ބައްޕައަށް ދިން މުއްދަތު ހަމަވުމުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
މި މައްސަލައާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން މިރޭ ހިމަންދޫގއި ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ ތުއްތު ކުއްޖަކު މަންމައަށް ނަގައިދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
“މިދިޔަ މަހުގެ 14 ވަނަ ދުވަހު ފެމިލީ ކޯޓުން އެކުއްޖާގެ ބައްޕައަށް އެންގީ ހަތް ދުވަސްތެރޭގައި ކުއްޖާ މަންމައާ ހަވާލުކުރަން، އެ މުއްދަތު ފާއިތުވުމުން ޖެންޑާ އާއި ފުލުހުން މަސައްކަތްކުރީ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރަން، އެގޮތަށްވެސް ހައްލުނުވީމަ މިރޭ އޮޕަރޭޝަން ފުލުހުން ކުރިއަށްގެންދިޔައީ، ފުލުހުން އެގެއަށް ދިޔައިރު ކުއްޖާ ގޮވައިގެން ބައްޕަ ފިލައިފި، ފުލުހުން މިހާރުވަނީ އެ ރަށުން ފައިބާފައި” އޮފިޝަލް ވިދާޅުވި އެވެ.
ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ ތުއްތު ކުއްޖާއަކީ ލ މާވަށު، ހަވާނާ، މަރިޔަމް ޖަމީލާ އާއި އއ ހިމަންދޫ، ފައިންޝޭޑް، ޝިމާލް އިބްރާހިމް އާއި ދެމީހުންގެ ކައިވެންޏަށް 10 އޮކްޓޯބަރު 2013 ވަނަ ދުވަހު ލިބުނު ފިރިހެން ކުއްޖެކެވެ.
ހިމަންދޫއަށް ފުލުހުން އެރީ ކޯޓުން އެންގި އެންގުމަށް ކުއްޖާގެ ބައްޕަ އިޖާބަ ނުދިނުމުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ