ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިރުގެ އަވިންނާއި ޑީސަލުން ކަރަންޓް އުފައްދާ ސިސްޓަމްތައް ބެހެއްޓުމުގެ މަސައްކަތް ފަށައިފި އެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭގޮތަށް ގާއިމުކުރަން ހަމަޖެހިފައިވާ ސޯލާ ޕީވީ ސިސްޓަމާއި ޑީސިލުން ކަރަންޓު އުފައްދާ ސިސްޓަމް ބެހެއްޓުމުގެ އަމަލީ މަސައްކަތް މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން އެ އަތޮޅުގެ ރަށްރަށުގައި ކުރިއަށްދާ ކަމަށެވެ.
އެގޮތުން އެމަސައްކަތުގެ ދަށުން އެއަތޮޅުގައި 2.3 މެގަވޯޓްގެ ސޯލާ ޕީވީ ސިސްޓަމާއި ޑީސަލުން ކަރަންޓް އުފައްދާ 3.3 މެގަވޯޓްގެ 17 ޖެނެރޭޓަރާއި 2.5 މެގަވޯޓް އަވާގެ ބެޓެރިއާ ކޭބަލާއި އޮޓޮމެޓިކް ސިންކްރޮނައިޒިން ޕެނަލްބޯޑްތައް ހުރިހާ ރަށެއްގައި ބަހައްޓާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ، އެ ރަށްރަށުގައި ކަރަންޓު އުފައްދާ ވަސީލަތްތައް ތަރައްގީ ކުރެވިގެންދާނީ އެތަންތަނަށް ބޭނުންވާ އެނަޖީ މެނޭޖްމަންޓް ސިސްޓަމްތައް ގާއިމުކޮށް ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ހިންގާ ބެލެހެއްޓޭނެ ގޮތަށް ކަމަށެވެ. އަދި އެ ނިޒާމުތައް ތަރައްގީކުރާއިރު އެތަންތަނުގެ މުވައްޒަފުންވެސް އެނިޒާމުތަކަށް އަހުލުވެރިކުރަން ރާއްޖޭ އާއި ރާއްޖޭން ބޭރުގައި ތަމްރީނު ކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
އެ މަޝްރޫއުގެ މަސައްކަތް މިއަހަރުގެ މޭމަހުގެ ނިޔަލަށް ނިމޭނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ހއ. ގެ ރަށްރަށުގައި ސޯލާ-ޑީސަލް ކަރަންޓް ސިސްޓަމްތައް ބަހައްޓަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ