ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ޤާނޫނީ ވަކީލް މައުމޫން ޙަމީދު ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައި، އޭނާގެ އަޑުގެ ސާމްޕަލް ނަގައިފިއެވެ.
މައުމޫން ހަމީދު ފުލުސް އޮފީހަށް ހާޒިރުކޮށްފައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފައިވަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި އޭނާ ދެއްވި އިންޓަވިއެއްގައި ފުލުހުން ތަހުޤީޤުކުރަމުންދާ މައްސަލައެއްގެ ހެއްކާ ބެހޭ ގޮތުން ދޮގު ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.
މައުމޫން ހަމީދުގެ މައްޗަށް ހަތަރު ތުހުމަތެއް ކުރެއެވެ. އެއީ ހެކި ފޮރުވަން އުޅުމާއި، ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ދަތިކުރަން އުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސް އެޅުމާއި ކުށެއް ކުރަން އުޅުނުކަމުގެ ތުހުމަތެވެ.
މައުމޫން ހަމީދު ފުލުސް އޮފީހަށް ހާޒިރުވާން އެންމެ ފުރަތަމަ އަންގާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ފުލުސް އޮފީހަށް ހާޒިރުވާން ފުލުހުން އެންގި ގަޑިއަށް ވުރެ ކުރިން އަމިއްލަފުޅަށް އޭނާ ފުލުސް އޮފިހަށް ހާޒިރުވިއެވެ. އެހެން ނަމަވެސް ފުލުހުން އެތަހުޤީޤު ފަށަން އަދި ތައްޔާރު ނޫން ކަމަށް ބުނެ މައުމޫން ހަމީދު ފޮނުވާލިއެވެ.
މިއަދު ފުލުސް އޮފީހަށް ހާޒިރުވެ ބަޔާނާއި ފޮޓޯ އަދި އަޑުގެ ސާމްޕަލް ދެއްވުމަށް ފަހު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ތަހުޤީގަށް 'އެއްލަކިން' ބަޔާން ދީފައިވާ ކަމަށެވެ. އަދި ފުލުހުން އެމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންދެން އޮފީސް ހުޅުވާފައި ބެހެއްޓުމަށް މައުމޫން ހަމީދު ގޮވާލެއްވިއެވެ.
ފެބްރުއަރީ 13 އަށް ފަހު 100 އަށް ވުރެ ގިނަ ދުވަސް ފާއިތުވެފައިވަނިކޮށް ފުލުހުން ފެށި ތަހުޤީޤާ އެކު، މިއީ ސިޔާސީ ގޮތުން ކުލަ ޖެހިގެން ހިނގާ ތަހުޤީޤެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި މައުމޫން ހަމީދު ވެސް ވަނީ ސިޔާސީ ގޮތުން ހިންގާ ޝަރީޢަތްތަކުގައި ހައްދަވާ ފަދަ ގޯސްތަކެއް ނުހެއްދެވުމަށް ޕީޖީ އޮފީހަށް ގޮވާލައްވައި، ހިލޭ ސާބަހަށް ޕީޖީ އޮފީހަށް މިމައްސަލައިގައި އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
.@PGO_MV
I've just facilitated @PoliceMv "investigation" #Ehlakin
Hope you're keeping the office open so they can send the file today.
Don't repeat the huge blunders you made in the other politically-motivated cases; I'm happy to guide you pro bono.
You know how to find me.
ރައީސް މައުމޫނާއި ރައީސް އަބްދުﷲ ޔާމީންއަށް ބޮޑުބޭބޭ ވިދާޅުވާ މައުމޫން ހަމީދަކީ ރައީސް މައުމޫންގެ އިތުރުން މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންގެ ވެސް ޤާނޫނީ ވަކީލެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
މައުމޫން ހަމީދުގެ އަޑުގެ ސާމްޕަލް ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ