ރަސްރަނި ބަގީޗާގައި ހުޅުވާފައިވާ ވިންޓަ ޕާކު މިއަދު ހަވީރު އާއްމުންނަށް ހުޅުވާލަން ނިންމައިފިއެވެ.
އާޓިފިޝަލް ސްނޯ އުފައްދާ މެޝިންތަކާއެކު، ފިނި މޫސުން ތަޖުރިބާކޮށްލުމުގެ ފުރުސަތު ދިވެހިންނަށް ލިބޭނެހެން ތައްޔާރު ކޮށްފައިވާ ވިންޓަ ޕާކު އާއްމުންނަށް ހުޅުވާލަން ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 އިރުއެވެ.
އެގޮތުން ޕާކަށް ވަނުމަށްޓަކައި އެންޓަރެންސް ފީއެއްގެ ގޮތުގައި 20 ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައިވެއެވެ. ކުޅިވަރު ތަކުގައި ބައިވެރިވާނަމަ އެންޓަރެންސް ފީގެ އިތުރަށް ރުފިޔާ ދައްކަން ޖެހެހޭއިރު ޕާކުގައި އޮންނަނީ މުޅިއެކު ތިން ހަރަކާތެކެވެ. އެއީ ސްނޯ ހައުސް، ސްނޯ ސްލައިޑިން އަދި އައިސް ސްކޭޓިންއެވެ.
ތަފާތު ކުޅިވަރުތަކަށް ބަލާނަމަ ސްނޯ ހައުސްގައި ބައިވެރި ވެވޭނީ 15 އަހަރުން ދަށުގެ ކުދިންނަށެވެ. ސްނޯ ސްލައިޑިންގައި ބައިވެރިވާނަމަ 10 ރުފިޔާ ދައްކަން ދޭންޖެހޭއިރު ސްނޯ ސްލައިޑުގައި ބައިވެރިވުމަށް ވަކި އުމުރެއް ކަނޑައަޅާފައެއް ނެތެވެ. އޭގެއިތުރުން އައިސް ސްކޭޓިން ގައި ބައިވެރިވުމަށް 40 ރުފިޔާ ދައްކަން ޖެހޭއިރު އެހަރަކާތުގައި ބައިވެރިވެވޭނީ ފަސް އަހަރުން މަތީގެ ކުދިންނާއި މީހުންނަށެވެ.
ހުރިހާ ހަރަކާތެއްގައި ބައިވެރި ވާނަމަ 100 ރުފިޔާ ދައްކަން ޖެހޭއިރު ޕާކަށް ވަންނަ މީހުންގެ ތެރެއިން ހަރަކާތްތަކުގައި ބައިވެރިވާ މީހުން ނަމަ އެންޓްރެންސް ފީއާއެކު ފީނީގައި ލާން ޖެހޭ ހެދުން(ޖެކެޓާއި ބޫޓު) ނަގާނަމަ 40 ރުފިޔާ ދައްކަން ޖެހޭނެއެވެ.
އާދިއްތަ ދުވަހު ޕާކު ހުޅުވިފައި ހުންނަނީ ހަވީރު 4:00 އިން 6:00 އަށެވެ. އަދި ރޭގަނޑު ހުޅުވިފައި ހުންނަނީ 8:00 ކުން 11:00 އަށެވެ. ހޯމަ އަދި ބުރާސްފަތި ދުވަހު ޕާކު ހުޅުވިފައި ހުންނަނީ ހެނދުނު 9:00 އިން ހަވީރު 4:00 ޖަހަންދެނެވެ. އަދި އެދުވަސްތަކު ރޭގަނޑު ޕާކު ހުޅުވުމަށް ހަމަޖެހިފައިވަނީ 8:00 އިން 11:00 އަށެވެ. ހުކުރު އަދި ހޮނިހިރު ދުވަހު ޕާކު ހުޅުވާފައި ހުންނާނީ ހެނދުނު 6:00 އިން މެންދުރު 11:00 އަށެވެ. އަދި މެންދުރު ފަހު 2:00 6:00 ޖަހަންދެނެވެ. އަދި ރޭގަނޑު 8:00 އިން 11:00 އަށެވެ.
ރަސްމީކޮށް ޕާކު ހުޅުވައިދެއްވީ މިދިޔަ ފިތުރު އީދު ދުވަހު ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންނެވެ.
ވިންޓަ ޕާކު އާއްމުންނަށް ހުޅުވާލަނީ، ހަރަކާތްތަކުގައި ބައިވެރިވާން ފައިސާ ދައްކަން ޖެހޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ