ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިމަހުގެ 12 ވަނަ ދުވަހު ނިންމި ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ރައްޔިތުުންގެ މަޖިލީހުން ކަނޑައެޅުމަށް އެދި މަޖިލީހުގެ ތަޅުމަށް މިއަދު ޖުޑީޝަލް ކޮމެޓީން ރިޕޯޓެއް ހުށަހަޅައިފިއެވެ.
ގާނޫނާ އެއްގޮތްވާގޮތުގެ މަތީން ޖޭއެސްސީން ނިންމާ ނިންމުން ތަކަކީ ގާނޫނީ ބާރު ފުރިހަމައަށް އޮތް ނިންމުންތަކެއް ކަމަށާއި މިގޮތުން ޖޭއެސްސީން 12 ޖޫން ގައި ނިންމި ނިންމުމަކީ ގާނޫނީ ބާރު ފުރިހަމަޔަށް އޮތް ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށްވެސް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓްގައި ވެއެވެ.
މަޖިލީހަށް މިފަދަ ރިޕޯޓެއް ހުށަހެޅިއިރު ސްޕްރީމް ކޯޓުގެ އަމުރަށް ތަބާ ނުވުމަށް ޖޭއެސްސީ އިން ނިންމާ، އެނިންމުމާއި ގުޅިގެން މުއައްސަސާތަކުން އަޅާ ކޮންމެ ފިޔަވަޅެއް ބާތިލްވާނެ ކަމަށް ސްޕްރީމް ކޯޓުން އިއްޔެ ނެރުނު ކޯޓު އަމުރެއްގައި ވެސް ވިދާޅުވެފައިވެއެވެ.
ސްޕްރީމް ކޯޓުގެ އަމުރުގައި ވިދާޅުވީ ޖޭއެސްސީ އިން ސުޕްރީމް ކޯޓުގެ ވަގުތީ އަމުރާ ހިލާފަށް ނިންމާ ކޮންމެ ނިންމުމެއްގެ މައްޗަށް ބިނާކޮށް ކަމާބެހޭ އެހެން މުއައްސަސާއަކުން ނުވަތަ ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ ކޮމެޓީއަކުން ވެސް ނިންމާ ކޮންމެ ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށެވެ.
ޖޭއެސްސީގެ ނިންމުމަކީ ޤާނޫނާއި އެއްގޮތައް ނިންމާފައިވާ ނިންމުމެއް ކަމަށް ކަނޑައެޅުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނޯންނާނެ ކަމަށް ސަރުކާރަށް ތާއިދު ކުރައްވާ ބައެއް ޤާނޫނީ ވަކީލުން ވެސް ވަނީ ވިދާޅުވެފައެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ގޮންޖަހަން މަޖިލީހުގެ ތަޅުމަށް ރިޕޯޓެއް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ