އަދީބު ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް ސުޕްރީމް ކޯޓްގައި ފަށަނީ

ޓެރަރިޒަމްގެ ދައުވާ ސާބިތުވެގެން އަދީބުގެ މައްޗަށް އިއްވާފައިވާ 15 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތްތައް މާދަމާ ސުޕްރީމް ކޯޓްގައި ފަށަން ތާވަލްކޮށްފި އެވެ. ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި އެއްޗެއް ގޮއްވާލި މައްސަލަ ސާބިތުވެގެން އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާ ހައިކޯޓުން ތާއީދުކޮށްފައިވާ އެ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ސުޕްރީމް ކޯޓްގައި އޮންނާނީ މާދަމާ މެންދުރު 1:15ގަ އެވެ. އަދީބު ގެންދަވަނީ މިހާރުވެސް އެ ހުކުމް ތަންފީޒު ކުރައްވަމުން އެވެ. އެހެން ނަމަވެސް، އެމްއެމްޕީއާރުސީއިން ބައެއް ރަށްތަކާއި ފަޅުތައް ވިއްކި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިތުރު ހުކުމްތަކެއް ފަހުން ވެސް އިއްވި އެވެ. އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާ ހުންނެވީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އަދި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ ސާބިތު ކުުރުމަށް އަދީބު ވަނީ ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ