ހުއްދައާ ހިލާފަށް ހަރަކާތްތެރިވާތީ އުމަރު ނަސީރުގެ އިވެންޓު ހުއްޓުވައިފި

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައި މިރޭ އާޓިފިޝަލް ބީޗުގައި އިވެންޓު ބޭއްވުމަށް ދިން ހުއްދަ ސިޓީ ކައުންސިލުން އަނބުރާ ނަގައިފި އެވެ.
ފުލުހުން ބުނީ ޕީއެންސީން އެ ބޭފުޅުންގެ ހަރަކާތެއް ބޭއްވުމަށްޓަކައި މާލެ ސިޓީން ވަނީ މިއަދު ހަވީރު އެ ޕާޓީއަށް ހުއްދަ ދީފައި ކަމަށެވެ.
އެ ހުއްދަ ދީފައިވަނީ ފަސް ގަޑިއިރުގެ މުއްދަތަށް ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސިޓީ ކައުންސިލުން ޕީއެންސީއަށް ހުއްދަ ދިން ނަމަވެސް އާޓިފިޝަލް ބީޗުގައި އިވެންޓެއް ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދިޔައީ އުމަރު ނަސީރު ކަމަށެވެ.
"ވީމާ މާލޭ ސިޓީ ކައުންސިލްގެ އެދިވަޑައިގަތުމުގެ މަތީން އާޓިފިޝަލް ބީޗް އެވަގުތަށް ދޫކޮށްފައިވާ ޕީއެންސީ އަށާއި އުމަރު ނަސީރަށް އެކަން އަންގައި، އާޓިފިޝަލް ބީޗު ރަސްމީކޮށް ދޫކޮށްފައިވާ ގޮތާ އެއްގޮތަށް ތަންފީޒު ކުރުމަށް މާލޭ ސިޓީ ކައުންސިލްގެ އެދިވަޑައިގަތުމުގެ މަތީން ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި،" ފުލުހުން ބުންޏެވެ.
ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އުމަރު ވަނީ މީގެކުރީންވެސް ގިނަ ވާހަކަތަކެއް ދައްކަވައިފައެވެ. އެގޮތުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މުޒާހަރާ ހިނގާނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކަމަށް އޭނާ ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ