ފީވަކުން ކަރަންޓު ކެނޑި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ށ.ފީވަކުން ކަރަންޓް ކެނޑުމުގެ ސަބަބުން އެރަށުގެ ރައްޔިތުން ހިފާ ގެންގުޅޭ ގިނަ ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.ޗެނަލް13އަށް މައުލޫމާތު ދެއްވަމުން ފީވަކު ކައުންސިލްގެ ރައީސް ހަސަން ޝުޖާއު ވިދާޅުވީ، އެރަށުން ކަރަންޓް ކެނޑުނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އަދި ކަރަންޓް ކެނޑުމާއި ގުޅިގެން އެރަށު ރައްޔިތުން ހިފާ ގެންގުޅޭ ކަރަންޓް ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ. އެގޮތުން، ލިބުނު ގެއްލުމުގެ އަދަދު ފައިސާއިން މިންކުރާނަމަ، ލައްކައަކަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.ފަހަކަށް އައިސް ގިނަ ރަށްތަކުން އަންނަނީ ކަރަންޓް ކެނޑެމުންނެވެ. ކަރަންޓުގެ އަގު އަތްފޯރާ ފަށަށް ގެނެސް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞޯލިހުގެ ސަރުކާރުގައި މާލެ އާއި އަތޮޅު ތެރެއިންވެސް މީގެ ކުރިން ނުކެނޑޭހާ ގިނައިން ކަރަންޓުގެ ޚިދުމަތް މެދުކެނޑެމުންދާތީ އެތައް ރައްޔިތުންނެއް ދަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.ދާދި ފަހުން މާލެއާއި ހުޅުމާލޭގެ އިތުރުން، ތ.ވަންދޫ އަދި ހާހެއްހާ މީހުން ދިރިއުޅެމުން އަންނަ ގދ.ހޯޑެއްދޫއިން ވެސް ވަނީ ކަރަންޓް ކެނޑިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ