ދެގަޑިއިރު ފަހުން ހުޅުމާލެއަށް ކަރަންޓު ލިބިއްޖެ

މުޅި ހުޅުމާލެއިން ގާތްގަނޑަކަށް ދެ ގަޑިއެއްހާ އިރަށް ކަރަންޓް ކެނޑުމަށްފަހު އަލުން ކަރަންޓް ލިބިއްޖެ އެވެ.
ހުޅުމާލެއިން ކަރަންޓު ކެނޑުނީ ބުދަ ދުވަހުގެރޭ 10:00ހާއިރުއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލެއިން ކަރަންޓު ކެނޑުނީ އެތަނުގައި ހިންގާ ފަސް ވަނަ ޕަވާ ޕްރޮޖެކްޓުގެ ޖަނަރޭޓަރުތަކަށް މައްސަލައެއް ދިމާވެގެން ކަމަށާއި، މިހާރު މައްސަލަ ހައްލުކުރެވިފައިވާ ކަމަށެވެ.
ހުޅުމާލެއިން ކަރަންޓު ކެނޑުމާ ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ނުރުހުންފާޅުކޮށްފައެވެ.
ފަހަކަށް އައިސް ހުޅުމާލެ އަށް ވެސް ކަރަންޓްގެ މައްސަލަ ކުރިމަތިވަމުންދާއިރު މާލެ އަށް ވެސް ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ ކުރިމަތިވެއެވެ. އަދި ބައެއް ރަށްރަށުގައި ވެސް ކަރަންޓް ކެނޑޭ މައްސަލަ އަށް އަދިވެސް ވަނީ އެކަށީގެންވާ ހައްލެއް ނުހޯދިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ