އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި، އިއްވި އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެނއްދަވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިނިވަން ނުކުރަންވީ ސަބަބަކީ ކޮބައިތޯ ވިދާާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު ސުވާލު ކުރައްވައިފި އެވެ.
އެކަމަށް ސުވާލު އުފައްދަވައި މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއް އިރެއްގައި ކުރި ހުކުމް ތަކަކީ ގޯސް ހުކުމް ތަކެއް ކަމުގައި ވެގެން ދައުލަތުގެ އިއް ޒައްތެރިން ތައް މިނިވަން ވެފައި ވާއިރު ކުރީ ގެ އުއްތަމަ ފަނޑިޔާރު އަބްދު ﷲ ސައީދު މިނިވަން ނުކުރާންވީ ސަބަބަކީ ކޮބައިތޯ ކަމަށެވެ. އަދި އަނިޔާއަކަށް ވަނީ ވަކި ބަޔަކު ބަންދުގައި ތިބުމުންތޯ ވެސް މޫސަ ސުވާލު ކުރައްވާފައިވެއެވެ.
އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ކުށުގައި، އަބްދުﷲ ސައީދުގެ ސައީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުހުމް ކުރީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، އަބްދުﷲ ސައީދާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުންނެވި އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރުކޮށް، އެ ބޭފުޅުންގެ ފޯނު ދޭން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެއެވެ.
އަބްދުﷲ ސައީދު ހައްޔަރު ކުރީވެސް އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށެވެ.
އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ކުރި މަޝްހޫރު ހާދިސާއެވެ.
އަބްދުﷲ ސައީދުގެ އިތުރުން ރައީސް މައުމޫނާއި އަލީ ހަމީދަށް ވެސް ހަމަ އެހުކުމް ކުރިއެވެ. ނަމަވެސް އެ ދެބޭފުޅުންގެ ހުކުމް ހައި ކޯޓުން ވަނީ ބާތިލް ކޮށްފައެވެ.
ފޯނު ނުދިން މައްސަލައިގެ ހުކުމް އަބްދުﷲ ސައީދު އިއްޔެ ތަންފީޒު ކުރަން ފެއްޓެވީ އޭގެ ކުރިން އެހެން މައްސަލައެއްގައި ކޮށްފައިވާ ހުކުމެއް ތަންފީޒުކޮށް ނިމިފައިވާތީއެވެ.
ފޯނު ނުދިން މައްސަލައިގެ އިތުރުން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއެއް ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ.
އަބްދުﷲ ސައީދު މިނިވަން ނުކުރާތީ ރީކޯ މޫސަ ސުވާލު އުފައްދަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ