ހުޅުމާލޭގައި ސިވިލް ކޯޓުގެ ގޮތްޕެއް ގާއިމްކުރަން ސުޕްރީމް ކޯޓުން ގަރާރެއް ނެރެފި

ހުޅުމާލޭގައި ސިވިލް ކޯޓުގެ ގޮތްޕެއް ގާއިމު ކުރުމަށް ސުޕްރީމް ކޯޓުގެ ގަރާރަކުން ނިންމައިފި އެވެ. ސުޕްރީމް ކޯޓުން ރޭ ނެރުނު ގަރާރުގައި ވަނީ ހުޅުމާލޭގައި ސިވިލް ކޯޓުގެ ގޮތްޕެއް ގާއިމް ކުރަން ނިންމީ ތަނަވަސްވަމުން ފުޅާވަމުންދާ ރާއްޖޭގެ އިގްތިސާދީ، ތިޖާރީ އަދި އިޖުތިމާއީ ކުރިއެރުމަށް ބޮޑަށް ފަހި ޝަރުއީ ނިޒާމެއް ގާއިމްކޮށް ރާއްޖޭގެ ސިވިލް ޖަސްޓިސް އިތުރަށް ހަރުދަނާކުރުމަށް ޓަކައި ކަމަށެވެ. އެ ނިންމުން ނިންމާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފާގެ މަތިން ކަމަށް ވެސް އެ ގަރާރުގައިވެ އެވެ. އެ ގޮތްޕަށް އައްޔަން ކުރާނީ މިހާރު ސިވިލް ކޯޓުތައި ތިބި ފަނޑިޔާރުން ކަމަށާއި އެކަން ކުރާނީ ސިވިލް ކޯޓުގެ މަޝްވަރާގެ މަތިން ސުޕްރީމް ކޯޓުން ކަމަށް ވެސް އެ ގަރާރުގައިވެ އެވެ. ހުޅުމާލޭގައި ސިވިލް ކޯޓުގެ ގޮތްޕެއް ގާއިމް ކުރާއިރު، މިހާރު ވެސް ހުޅުމާލޭގައި ކޯޓެއް ހުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ