ޕީޕީއެމުގެ ޕްރައިމަރީގެ ވޯޓްލާން ފަށައިފި

ޕީޕީއެމުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓްލާން ފަށައިފި އެވެ.
މުޅި ރާއްޖޭގައި ބާއްވާ ޕްރައިމަރީ އިންތިހާބުގައި 167 ވޯޓް ފޮށި ބަހައްޓާފައިވެއެވެ. މުލަކު ދާއިރާގެ މެމްބަރ އަބުދުުﷲ ޔާމީނާއި ކުރީގެ ނާއިބު ރައީސް އުމަރު ނަސީރު ވާދަކުރައްވާ ޕްރައިމަރީގައި 140 ރަށެއްގައި ވޯޓް ފޮށި ބަހައްޓާފައި ވެއެވެ.
މާލޭގެ ހަތަރު ސްކޫލެއްގައި ވޯޓްލުން ކުރިއަށްދާއިރު، ރޭ ވަނީ ދެ ކެންޑިޑޭޓުންގެ އެންމެ ފަހުގެ ކެމްޕެއިން ޖަލްސާތައް ބާއްވާފައެވެ. ޕްރައިމަރީގައި ވޯޓްލާ ނިމޭނީ ހަވީރު 16:00 ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ