ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި
ހުޅުމާލޭ ކޯޓަކީ ސައްހަ ކޯޓެއް ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.ސުޕްރީމް ކޯޓުން ދެންމެ ކުރި ހުކުމުގައި ބުނަނީ ހުޅުމާލެއަކީ އިދާރީ ގޮތުން މާލޭގެ ބައެއްކަމަށް ވިޔަސް ހުޅުމާލެއަކީ މާލޭގެ ޖުޑީޝިއަލް ދާއިރާގައި ހިމެނޭ މީހުން ދިރިއުޅޭ ވަކިރަށެއް ކަމުގައި ވާތީ އާއި މާލޭގައި ގާއިމްވެފައިވާ ސްޕީރިއާ ކޯޓުތަކުގެ ބްރާންޗްތައް ކޯޓުތަކާ ބެހޭ ގާނޫނުގައި ބަޔާންވެފައިވާ ގޮތުގެ މަތިން ހުޅުމާލޭގައި ގާއިމްވެފައި ނުވާތީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނީ ގޮތުން ސައްހަ ކޯޓެއް ކަމަށެވެ.ސުޕްރީމްކޯޓުގެ ބެންޗްގެ ހަތަރު ފަޑިޔާރުންގެ އަޣުލަބިއްޔަތުން އެކޯޓުން އެގޮތަށް ހުކުމް ކޮށްފައިވާ ހުކުމްގެ ރައުޔު ތަފާތުވެފައިވަނީ އުއްތަމަ ފަޑިޔާރު އަހުމަދު ފާއިޒާއި އަބްދުﷲ އަރީފާއި އަދި މުއުތަސިމް އަދުނާންއެވެ.ހަތް ފަޑިޔާރުންގެ ތެރެއިން އެ ހުކުމަށް އިއްތިފާގުވި ހަތަރު ފަޑިޔާރުންނަކީ އަބްދުﷲ ސައީދާއި އަލީ ހަމީދު މުހަންމަދާއި އާދަމް މުހަންމަދު އަބްދުﷲ އަދި ޑރ. އަހުމަދު އަބްދުﷲ ދީދީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ