ކުރީގެ މެމްބަރު މުސްތަފާ ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަނީ

ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ ހިތުގެ ލޭ ހޮޅިތަކެއް ވަރަށް ބޮޑަށް ބެދިފައި ހުރެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.
މުސްތަފާގެ ހިތުގެ ސީރިއަސް މައްސަލައެއް ހުރިކަން އެނގުނީ މެއަށް ތަދެއް އަރައިގެން އުޅުއްވާތާ ހަތަރު ވަރަކަށް ދުވަސް ފަހުން ރޭ ޑޮކްޓަރަށް ދައްކައި ޓެސްޓުތަކެއް ހެދުމުން ކަމަށް އެނގިފައިވެ އެވެ.
"ރޭގައި މާ ބޮޑަށް އުނދަގޫވެގެން ޑޮކްޓަރަށް މި ދެއްކީ. އެހެންވެ ވަގުތުން ޓެސްޓް ހަދައި [އޮޕަރޭޝަން] ކުރީ. ބޮޑުވަރު ނުވަނީސް އިރާދަކުރެއްވިއްޔާ ސަލާމަތްވެއްޖެ،" އެކަމުގެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި އެވެ.
ނަމަވެސް ފަރުވާއާ ގުޅޭ ގޮތުން ތަފްސީލެއް ނުލިބުނެވެ.
މިދިޔަ ދައުރުގައި މަޖިލީހުގެ މެމްބަރުކަން ކުރެއްވި މުސްތަފާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށާއި އަދި އޮތީ އޮބްޒަވޭޝަންގައި ކަމަށް ވަނީ އެނގިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ