ދެރަށެއްގެ އާ އިންޖީނުގެ އިމާރަތްކުރުމުގެ މަޝްރޫއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މަޑަވެލި-ހޯނޑެއްދޫ އަދި ފުވައްމުލައް ސިޓީގެ ހަކަތައިގެ މަޝްރޫއު ހިންގުމުގެ ފުރުސަތު ފެނަކަ ކޯޕަރޝަނުން ހުޅުވާލައިފި އެވެ.
ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ހިންގުމަށް ހުޅުވާލާފައިވަނީ މަޑަވެލި ހޯނޑެއްދޫ ކަރަންޓުގެ އެއް ވިއުގައަކުން ގުޅާލާ މަޝްރޫއާއި ފުވައްމުލައް ސިޓީގެ ހަކަތައިގެ މަޝްރޫއެކެވެ. މަސައްކަތުގައި ހިމެނޭނީ އިމާރާތް ޑިޒައިން ކުރުމުގައި އިންފްރާސްޓަރްކްޗަރގެ މަސައްކަތާއި ހިދުމަތް ފެށުމަށް ބޭނުންވާ މަސައްކަތް ކަމަށް ފެނަކައިން ބުނެއެވެ.
ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކަށްވެސް ބިޑް ހުށަހެޅޭ ގޮތަށް ދެ މަޝްރޫއު ހުޅުވާލާފާއިވާއިރު، މަސައްކަތް ނިމޭއިރު ހިދުމަތް ފެށޭނެކަމަށް ފެނަކައިން ބުނެއެވެ. އަދި، މީގެ އިތުރުން ފުވައްމުލަކުގައި ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ހިމެނޭކަމަށް ފެނަކައިން ވަނީ ފާހަގަކޮށްފައެވެ.
މަޑަވެލި ހޯނޑެއްދޫގެ އައު އިންޖީނުގޭގެ ބިޑް ހުޅުވޭނީ އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ 13:00 އެވެ. އަދި ބިޑް ހުށަހަޅާއިރު ސެކިއުރިޓީއެއްގެ ގޮތުގައި 5000 ޑޮލަރު ހުންނަންޖެހެއެވެ. ފުވައްމުލައް ސިޓީގައި ގާއިމްކުރާ އައު އިންޖީނުގޭގެ ބިޑް އޯގަސްޓް މަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:00ގައި ހުޅުވާއިރު ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 10،000 ޑޮލަރު ހުންނަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ