ގާސިމް ބޭރަށް ގެންދިޔުން ލަސްވާތީ އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުން ލަސްވާތީ ގާސިމްގެ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ގާސިމްގެ ޤާނޫނީ ވަކީލް ސަމީރު ވިދާޅުވީ ކަރެކްޝަނާއި ހަވާލު ކުރަން ޖެހޭ ހުރިހާ ލިއުމެއް ރޭ ހަވާލުކޮށް ނިމި ކަރެކްޝަނުގެ މެޑިކަލް ބޯޑާއި ރޭ ބައްދަލު ކުރި ނަމަވެސް އެ ބައްދަލުވުމުގައި ނިންމި ގޮތެއް އަދިވެސް އަންގާފައި ނުވާ ކަމަށެވެ.
ހާލު ދެރަވެ ބޯ އަނބުރައިގަނެގެން ގާސިމް ކޯޓު ތެރެއަށް ވެއްޓުމާއި ގުޅިގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެވެމުންނެވެ. އަދި އައިޖީއެމްއެޗްގައި ގާސިމް ބައްލަވާ ޑޮކްޓަރު ވިދާޅުވެފައިވަނީ ގާސިމް އަށް ހަދަން ޖެހޭ ދެ ޓެސްޓެއް ރާއްޖެއިން ހެދެން ނެތް ކަމަށާއި ފަރުވާ ދިނުން ލަސް ވެއްޖެނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށެވެ.
ނަމަވެސް ކަރެކްޝަނުން ބުނެފައިވާ ގޮތުގައި ގާސިމް އަށް ރާއްޖެއިން ބޭރަށް ދެވޭނީ ހިތުގެ ޚާއްސަ ދެ ޑޮކްޓަރެއްގެ ލިޔުމެއް ލިބިގެން ކަމަށެވެ.
އަވަސް ފަރުވާ ނުދެވިއްޖެނަމަ ގާސިމްގެ ފުރާނަފުޅަށް ނުރައްކާވެދާނެކަމަށް ޑޮކްޓަރުން ވިދާޅުވަމުން ގެންދަވާއިރު ގާސިމް އިބްރާހިމަށް ބޭނުންވާ ބޭސްފަރުވާގެ ޚިދުމަތް ލިބިގަތުމަށް ރާއްޖެއިން ބޭރަށް ގެންދިއުން ލަސްވާތީ އެކަމާއި ގާސިމްގެ އާއިލާއިން ދަނީ ކަންބޮޑުވުންވެސް ފާޅު ކުރަމުންނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ