ރައްޔިތުންގެ މަޖިލިހުގެ މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދަށް ފުލުހުގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕްގެ މެންބަރު ހުސައިން މުހައްމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވަނީ މިރޭ 8:00 އަށެވެ
ވީނިއުސްއަށް މައުލޫމާތު ދެއްވަމުން މެންބަރު ހުސައިން މުހައްމަދު ވިދާޅުވީ މިރޭ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެންކަމަށް އަންގާފައިވާކަމަށެވެ. އަދި ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ފޯނުން ގުޅައިގެންކަމަށްވެސް ހުސައިން ވިދާޅުވިއެވެ.
ހުސައިން މުހައްމަދަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅެކެވެ.
މީގެ ކުރިންވެސް ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ގިނަ ބޭފުޅުންތަކެއްވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލްކޮށްފައެވެ.
އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ތަކުރާރުކޮށް ފުލުހަށް ހާޒިރުކޮށްފައިވާއިރު، އެޕާޓީގެ ނާއިބް ލީޑަރު އަބުދުﷲ ރިޔާޒުވެސް ވަނީ އެތަށް ފަހަރެއްގެ މަތިން ފުލުުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ. އަދި އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ ދައުވާވެސް އުފުލާފައެވެ.
މީގެ އިތުރަށް ޖުމްހޫރީ ޕާޓީގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި، މެންބަރު އަލީ ހުސައިންވެސް ފުލުހަށް ހާޒިރުކޮށްފައިވެއެވެ.
ފައިސަލް ހާޒިރުކޮށް މަޖިލީހުގެ ރައީސް މަސީހު މަގާމުން ދުރުކުރުމަށް 42 މެންބަރުން ހަމަކުރުމަށް ޖުމްހޫރީ ޕާޓިން މަސައްކަތް ކުރަމުންދޭތޯ ވަނީ ސުވާލްކޮށްފައެވެ. ފުލުހުންގެ މި އަމަލާއި ގުޅިގެން ގިނަ ބަޔަކު ވަނީ އެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ފުލުހަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ