ވެލިދޫން ކަރަންޓް ކެނޑިގެން ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި

ނ.އަތޮޅު ވެލިދޫއިން ކަރަންޓް ކެނޑި ގިނަ އިރުތަކެއް ވީއިރު ވެސް ކަރަންޓް ލިބިފައި ނުވާތީ އެރަށު ރައްޔިތުން މުޒާހަރާ ކުރަމުން އެބަދެއެވެ.
ވެލިދޫ އިން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ އިންޖީނުގޭގެ ކައިރިއަށް މީހުން އެއްވެ ސުލްހަވެރި ކަމާއި އެކު ޝުއޫރު ފާޅުކުރަމުންދާ ކަމަށެވެ. ޝުއޫރު ފާޅުކުރުމުގައި ފުރަތަމަ 50 މީހުން ބައިވެރިވި ނަމަވެސް އިތުރަށް މީހުން އިންޖީނު ގޭގެ ކައިރިއަށް މިހާރު ޖަމާވަމުންދާ ކަމަށް އޭނާ ބުންޏެވެ.
ވެލިދޫއިން މިއަދު ކަރަންޓް ދިއައީ މެންދުރު ފަހު 14:30 ހާއިރު އެވެ. އަދި މިރޭ 19:00 ހާއިރު ބައެއް ސަރަހައްދު ތަކަށް ބައިގަޑި އެއްހާއިރަށް ކަރަންޓް ލިބުނު ކަމަށް އެރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.
ވެލިދޫއިން ކަރަންޓް ދާން މެދުވެރިވީ އެރަށުގައި ބޭނުންކުރާ 300 ކިލޯވޯޓްގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރުން ފެން ލީކްވެ ޖަނަރޭޓަރު ނިއްވާލަން ޖެހުމުން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ