ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކާއި ގުޅުވައިގެން މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ހަވިރު 4:00 އިން 6:00 އަށް މެދުޒިޔާރަތް ޢާންމުކޮށް ދައްކައިލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މެދުޒިޔާރަތް ބަލަންދާ މީހުންނަށް ރާއްޖެ އިސްލާމްވީ ގޮތުގެ މައުލުމާތު ފޯރުކޮށްދޭނެ ކަަމަށާއި އަދި ގުޅުންހުރި ލިޔުންތައް ވެސް ބަހާނެ ކަމަށެވެ. 
މިހަރަކާތް ކުރިއަށް ގެންދާއިރު ހުކުރުމިސްކިތާއި ވީފަޅީގައި ތިބެގެން ދީނީ އިލްމުވެރިން ރައްޔިތުން ބޭނުންވާ ދީނީ މައުލުމާތު ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި ކުރައްވާ ސުވާލުތަކަށް ޖަވާބުވެސް ދެއްވާނެ ކަމަށެވެ. 
މެދުޒިޔާރަތް ޢާންމުކޮށް ދިވެހިންނަށް ފުރަތަމަ ފަހަރަށް ދައްކާފައިވަނީ މީގެ 7 އަހަރު ވަރު ކުރިންނެވެ. މެދުޒިޔާރަތާއި އަދި ރާއްޖެ އިސްލާމްވީ ގޮތުގެ މައުލޫމާތަކީ ގިނަ ބައަކަށް ޚާއްޞަކޮށް ދަރިވަރުންނަށް ވަރަށް މުހިންމު މައުލޫމާތެއްކަން ފާހަގަކުރެވެއެވެ.
    
    މާދަމާ އިން ފެށިގެން ކޮންމެ ދުވަހަކު ހަވީރު މެދުޒިޔާރަތް އާންމުކޮށް ދައްކައިލާނެ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ