މުސްލިމް 7 ޤައުމުގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުން ދިފާއުކުރި ފުރަތަމަ ޤައުމަށް ޔޫއޭއީ ވެއްޖެ

މުސްލިމް 7 ޤައުމުގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރި ފުރަތަމަ ޤައުމަށް ޔޭއީ ވެއްޖެއެވެ.
ޔޫއޭއީގެ ޚާރިޖީ ވަޒީރު އިއްޔެ ވިދާޅުވީ މުސްލިމް 7 ޤައުމެއްގެ ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރި މަނާކުރުމަކީ އެޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތްކުރުމަށްޓަކައި އެ ޤައުމަށް ލިބިގެންވާ ހައްޤެއް ކަމަށެވެ. އެހެންކަމުން އެއީ އެހެން ބައަކު އެކަމަށް ފާޑުކިޔަންޖެހޭނެ ކަމެއް ކަމަށް ޔޫއޭއީ އިން ނުދެކޭ ކަމަށެވެ.
ޚާރިޖީ ވަޒީރު ވިދާޅުވީ އެއީ 3 މަސް ދުވަހަށް އަޅާފައިވާ ވަގުތީ ފިޔަވަޅެއް ކަމަށާއި ފިޔަވަޅު އަޅާފައިވަނީ އެ ޤައުމުތަކެއްގައި ބޮޑެތި އަމިއްލަ މައްސަލަތައް ހުރި ޤައުމުތަކާއިމެދުގައި ކަމަށެވެ. އެހެންކަމުން އެންމެ މުހިންމީ އެ ޤައުމުތަކުން އެ ޤައުމުތަކުގައި ހުރި މައްސަލަތައް ހައްލުކުރަން މަސައްކަތްކުރުން މާމުހިންމުކަމަށެވެ.
ޔޫއޭއީ ފިޔަވައި އަދި މިހައިތަނަށް އެއްވެސް ޤައުމަކުން ޓްރަމްޕުގެ ނިންމުމަށް ތާއީދުކޮށް ދިފާޢުކޮށްދީފައެއް ނުވެއެވެ. ގެންދަނީ ކުށްވެރިކުރަމުންނެވެ. އަދި އެމެރިކާގެ ގިނަ ބައަކުވެސް ގެންދަނީ މިކަން ކުށްވެރިކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ