މަކުނުދޫ ކައުންސިލް އިން އެރަށު ސްކޫލް މަލްޓި މީޑިއާ ކުރުމަށް އެއްލައްކަ ވުރެގިނަ ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

މަކުނުދޫ ކައުންސިލް އިން އެރަށު ސްކޫލް މަލްޓި މީޑިއާ ކުރުމަށް އެއްލައްކަ ވުރެގިނަ ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.
ކައުންސިލްގެ ބައްދަލުވުމުގައި އެއްލައްކަ ސާޅީސް އަށްހާށް ހަތްސަތޭކަ ސާޅީސް ހަތަރު ރުފިޔާ ބަޖެޓެއްގެ ގޮތުގައި ކައުންސިލުން ވަނީ ފާސްކޮށްފަ ކަމަށް ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ވިދާޅުވީ ކަމައް ށެވެ.
ސްކޫލުން ކައުންސިލަށް ކޯޓޭޝަން ހުށައަޅާފައިވަނީ އެސްޓީއޯ، ރީފްސައިޓް އަދި އެސްޓާރސް އިން އެވެ .
ސްކޫލް މަލްޓި މީޑިއާ ކުރުމަށް ބޭނުންވާ ތަކެތީގެ ނެގުމައް ފާސްކޮށްފައިވަނީ އެސްޓީއޯގެ ކޯޓޭޝަނަށް ށެވެ.
އެގޮތުން ޝާކިރު ވިދާޅުވީ ސްކޫލް މަލްޓި މީޑިއާ ކުރުމަށް 9 ކުލާސް ރޫމަށް ބޭނުންވާނެ ޓީވީ އަދި ސްމާޓް ބޯޑު ގަތުމަށް ހަމަޖެހިފައިވާ ކަމަށާއި ކައުންސިލުން މި ބަޖެޓް ހަމަޖައްސާފައިވަނީ ދެވަނަ ދައުރުގެ ކައުންސިލްގެ އާމްދަނީން ކަމަށެވެ.
މީގެ އިތުރުން ޝާކިރު ވަނީ ކައުންސިލްގެ އެކި ކަންކަމުގައި ދެއްވި އެއްބާރުލުމަށް ކައުންސިލްގެ މެންބަރުންނަށް ޝުކުރު އަދާކޮށްފަ އެވެ.
ި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ