ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަގާމަށް ހަމީދު ހަމަޖައްސަވައިފި

ފޮރިން މިނިސްޓްރީގެ އެންބެސެޑާ އެޓް ލާޖްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން، ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި މަހުގެ އަށް ވަނަ ދުވަހު އެ މަގާމަށް ރައީސް އައްޔަން ކުރެއްވީ ސީޝެލްސެގެ ފަރާތުން ރާއްޖޭގައި ހުންނަވާ އޮނަރަރީ ކޮންސެލްގެ ގޮތުގައި ހުންނެވި އަބްދުﷲ ހަމީދު ކަމަށެވެ.
ހަމީދު އެ މިނިސްޓްރީގައި މަސައްކަތް ކުރައްވާތާ 17 އަހަރު ވެފައިވާ ކަމަށާއި އަބްދުﷲ ހަމީދު ފޮރިން މިނިސްޓްރީއާ ގުޅިވަޑައިގަތީ 1991 ވަނަ އަހަރު، ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމަށް ކަމަށް ފޮރިން މިނިސްޓްރީން ބުޏްނެވެ.
ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ހަމީދު 15 އަހަރު ހުންނެވި އެވެ. އޭގެ ފަހުން ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމާއި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުވެސް ފުރުއްވެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ