މިނިވަން50 އަށް އައްޑޫއިން ގެންނަ އިންޖީނުން 26 ގެ ކުރިން ކަރަންޓު ނުދެވޭނެ : ސްޓެލްކޯ

އައްޑޫން މާލެ ގެންނަ ދެ އިންޖީނުގެ ތެރެއިން އެއް އިންޖީނު ހިފައިގެން ރޭ ފުރި ނަމަވެސް، އެ އިންޖީނުން މިނިވަން ދުވަހުގެ ހަރަކާތްތަކަށް ކަރަންޓު ނުދެވޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓްލްކޯ އިން މިގޮތަށް ބުނި ނަމަވެސް އައްޑޫ ސިޓީއަށް ކަރަންޓުގެ ޚިދުމަތްދޭ ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ބުނެފައިވަނީ އިންޖީނުތައް މާލެ ގެންދަނީ މިނިވަން50ގެ ބޭނުންތަކަށް 'ވަގުތީ ގޮތުން' ކަމަށެވެ.
އައްޑޫ އިން އިންޖީނު ގެންދަނީ މިނިވަން50 ގެ ބޭނުންތަކުގައި ބޭނުންކުރުމަށް ނޫންކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައިވާއިރު، މާލޭގައި ބޭނުން ކުރާ ބޮޑު އިންޖީނަށް މައްސަލަ ދިމާވެގެން އެކަމުގެ ހައްލެއްގެ ގޮތުން ގެންނަ ނަމަ ބަކީ މިއޮތް މަދު ދުވަސް ކޮޅުގެ ތެރޭގައި އެ އިންޖީނު މާލެ ގެންގޮސް އިންސްޓޯލް ނުކުރެވޭނެ ކަމަށް އިންޖީނުތަކާއި ބެހޭ މައުލޫމާތު ދަންނަ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.
އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި އައްޑޫ އިން މާލެ ގެންދާ އިންޖީނުތައް ހުޅުމާލޭ އިންޖީނުގެއަށް ގެންދިއުމުގެ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ.
އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މިނިވަން50 އަށް އައްޑޫ އިން ގެންނަ 2 އިންޖީނު ނުގެނެވުނު ނަމަވެސް މިނިވަން50 ގެ ހަރަކާތްތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް ދަތި ނުވާނެ ކަމަށް ސަރުކާރުން ބުނާ ބުނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ