ޝަރުތެއް ނެތި ޖޭޕީން ގާސިމާއި އަބްދުﷲ ރިޔާޒު މަޝްވަރާ އަށް

ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފަށަން ޖުމްހޫރީ ޕާޓީގެ ޝަރުތެއް ނެތް ކަމަށާއި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ނައިބު ލީޑަރު އަބްދުﷲ ރިޔާޒް ކަން ރައީސް އޮފީހަށް މިއަދު އަންގައިފި އެވެ. ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ މަޝްވަރާކޮށްގެން ކަންކަން ހައްލުކުރަން ސަރުކާރުން ނިންމާފައިވާ ނިންމުމަށް އެ ޕާޓީން މަރުހަބާ ކިޔާ ކަމަށެވެ. އަދި އެއީ ސިޔާސީ މަސްރަހު ހަމައަކަށް އަޅުވަން ރައީސް ޔާމީން ނިންމެވީ
މުހިއްމު ނިންމެވުމެއް ކަމަށް ޖުމްހޫރީ ޕާޓީން ގަބޫލުކުރާ ކަމަށް ވެސް
އޭނާ ވިދާޅުވި އެވެ.މަޝްވަރާކުރަން ސަރުކާރުން ހުށަހެޅި ކަންކަން:ގައުމާއި ރައްޔިތުންގެ ތަރައްގީ އާއި ގައުމު ބިނާކުރަން ސިޔާސީ ހުރިހާ ފިކުރަކުން އެއްބާރުލުންދީ އެކުގައި މަސައްކަތް ކުރުން.ޑިމޮކްރެޓިކް
ނިޒާމް އިތުރަށް ހަރުދަނާކޮށް ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ
މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިންގަން، ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ދުސްތޫރީ ގާނޫނީ، އަދި ޝަރުއީ ނިޒާމް
އިތުރަށް ހަރުދަނާކުރުން.ޕޮލިޓިކަލް ރިކޮންސިލިއޭޝަނެއް
ގާއިމްކުރަން ސިޔާސީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅޭ
ގޮތުން ގާނޫނީ ނިޒާމްގެ ތެރެއިން ހައްލުތަކެއް ހޯދުމާއި ރައްޔިތުންގެ
އެއްބައިވަންތަކަން އިތުރުކުރަން މަސައްކަތް ކުރުން.ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މަޝްވަރާތައް އަލުން ފަށަން
ރައީސް ނިންމެވީ ރާއްޖެ ތަރައްގީކުރުމަށާއި ގައުމު ބިނާކުރުމުގެ މަސައްކަތް
ހަލުވިކޮށް ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރަން ކަމަށެވެ.
މަޝްވަރާ އަށް ދައުވަތު ފޮނުވައި، މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ
އިންތިޒާމްތައް ކުރިއަށް އޮތް ތަނުގައި ހަމަޖައްސާނެ ކަމަށް ވެސް ރައީސް
އޮފީހުން ބުންޏެވެ.މަޝްވަރާ އަށް ޖުމްހޫރީ ޕާޓީގެ ޝަރުތެއް ނެތް ނަމަވެސް އެމްޑީޕީ އާއި އަދާލަތުން ވަނީ ސަރުކާރަށް ޝަރުތެއް ކުރިމަތިކޮށްފަ އެވެ. އެއީ ޓެރަރިޒަމްގެ ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އިތުރުން ސިޔާސީ އެހެން ކުށްވެރިން ދޫކޮށްލުމެވެ. އެކަމަކު ސަރުކާރުން ވަނީ މި ޝަރުތަށް އިންކާރުކޮށްފަ އެވެ. ސަރުކާރުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ވެސް ޕާޓީތަކާ އެކު މަޝްވަރާތައް ކުރިއަށް
ގެންދިޔަ އެވެ. އެކަމަކު އެ މަޝްވަރާތައް ހުއްޓާލިއިރު، މަޝްވަރާކުރަން
ސަރުކާރުން ކަނޑައެޅި އެއްވެސް ކަމަކަށް އަމަލީ ސިފައެއް ނާދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ