ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް ގާސިމް ހޮވައިފި

ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރަކަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި ޑެޕިއުޓީ ކަށް ލީޑަރަކަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު އިންތިހާބުކޮށްފި އެވެ.
ގާސިމް ޕީޖީ ލީޑަރު ކަމަށް އިންތިހާބުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވައި އޭނާ ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ. ޖެޕީގެ
ޕީޖީގެ ލީޑަރަކަށް ހޮވިވަޑައިގަތް ގާސިމާއި ޑެޕިއުޓީ ލީޑަރު ރިޔާޒަކީ ދެ ޅިޔަނުންނެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަދި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ސަމީރު ވިދާޅުވީ މިއަދު ބޭއްވި ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި އެ ދެ މަގާމުގެ އިތުރުން ޕީޖީ ގްރޫޕުގެ އަމީން އާއްމު ކަމަށް އިންތިހާބުކޮށްފައި ވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ ކަމަށެވެ. އަމީން އާއްމުގެ ނައިބަކަށް އިންތިހާބުކޮށްފައި ވަނީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދެވެ.
ދެ ވިޕުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީނެވެ.
ސަމީރު ވިދާޅުވި ގޮތުގައި އެ މަގާމްތަކުގެ އިތުރުން ޕާޓީގެ ކައުންސިލްގައި ޕާލިމެންޓްރީ ގްރޫޕް ތަމްސީލްކުރާނެ 10 މެމްބަރަކު ވެސް މިއަދު ވަނީ ކަނޑައަޅައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ އަށް ކާމިޔާބުވީ 15 ގޮނޑި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ