އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ސުޕްރީމް ކޯޓު ރިސެސްއަށް ދާން ނިންމާފައިވާ ކަމަށް އެ ކޯޓުން ވިދާޅުވެއްޖެއެވެ.
ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ.
ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވި ކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އިދާރީ މަސައްކަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް އެ ކޯޓުން ބުނެއެވެ.
މިހާރު ސުޕްރީމް ކޯޓު ހިންގަމުން ދަނީ އެ ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ދެން އެ ކޯޓުގައި ފަނޑިޔާރުންގެ ގޮތުގައި ތިއްބަވާނީ ފަނޑިޔާރު އައިޝާ ޝުޖޫން، އަބްދުލްއަނީ މުހައްމަދުގެ އިތުރުން، މަހާޒު އަލީ ޒާހިރެވެ.
ސުޕްރީމް ކޯޓު ރިސެސްއަށް ދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ