ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް އެންމެ ފުރަތަމަ ހުއްޓާލަންވީ ވައްކަން: މެމްބަރު ޒާހިރު

ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ ވައްކަން ހުއްޓާލުން ކަމަށް ގދ.ގައްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.މިއަދު ކުރެއްވި ޓުވީޓެއްގައި ޒާހިރު ވިދާޅުވީ ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް އެންމެ ފުރަތަމަ ހުއްޓާލަންވީ ވައްކަން ކަމަށެވެ. ޒާހިރު މިހެން ވިދާޅުވީ ކީއްވެ ކަމެއް ސާފެއް ނޫނެވެ. ނަމަވެސް ކޮވިޑު-19 އާއި ގުޅިގެން ހަރަދު ކުޑަކުރުމުގެ ގޮތުން މަޖިލީސް މެމްބަރުންގެ މުސާރަ ކުޑަ ކުރުމަށް ފިނޭންސް މިނިސްޓްރީން ވަނީ މަޖިލީހުގައި އެދިފައެވެ. ހަރަދު ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، ކޮވިޑު-19 އާއި ގުޅިގެން ކުރަމުންދާ ބައެއް ހަރަދުތައް ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ސަރުކާރުން އަމަލު ކުރަމުންދާ ކަމަށް މަޖިލީހުގެ ބައެއް އެމްޑީޕީ މެމްބަރުން ދަނީ ތުހުމަތު ކުރަމުންނެވެ. މިގޮތުން ވެންޓިލޭޓަރުތައް ގަތުމުގައި އާއި ސިއްހީ މަސައްކަތްތެރިން ރައްކާތެރި ކަމުގެ ގޮތުން ބޭނުން ކުރާ ސާމާން ގަތުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތު ކުރެވި އެންޓި ކޮރަޕްޝަން ކޮމިޝަނުންވެސް ދަނީ ބައެއް މައްސަލަތައް ބަލަމުންނެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ